އދ، ދިއްދޫ ކައުންސިލަށް މެމްބަރަކު އިންތިޚާބުކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަން، މޯލްޑިވްސް ނެޝެނަލް ޕާޓީގެ ކެންޑިޑޭޓް އަނީސް މުޙައްމަދު ކާމިޔާބު ކޮށްފިއެވެ. މިއީ އެމްއެންޕީގެ ތާރީޚުގައި ވެސް އެ ޕާޓީއަށް ކައުންސިލްގެ ގޮނޑިއެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

ދިއްދޫ ބައި އިލެކްޝަންގައި ވާދަކުރީ އަމިއްލަ ގޮތުން ވާދަކުރި ރަޝީދާ އާދަމް އާއި އެމްއެންޕީގެ އަނީސް މުހައްމަދެވެ.

ދިއްދޫ ކައުންސިލް ބައި އިލެކްޝަނުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އަނީސް މުޙައްމަދު ގޮނޑި ކާމިޔާބު ކުރެއްވީ ޖުމްލަ 62 ވޯޓުންނެވެ. އަމިއްލަ ގޮތުން ވާދަ ކުރެއްވި ރަޝީދާއަށް ލިބުނީ ޖުމްލަ 57 ވޯޓެވެ.

އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މި އިންތިޚާބުގައި ދެ ވޯޓު ފޮށި ބެހެއްޓި އިރު ޖުމްލަ 147 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އޭގެ ތެރެއިން ވޯޓު ލީ 119 މީހުންނެވެ. އެއީ 62 އަންހެނުންނާއި 57 ފިރިހެނުންނެވެ.

ދިއްދޫގައި ބައި އިލެކްޝަންއަކީ އެކައުންސިލުގައި ހުރި މެންބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި އިންތިޙާބެކެވެ.