ޓީޓީއެޗް ކްލިނިކްއަކީ ވެރި ރަށް މާލެގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ގޮތްޕެކެވެ. މި ކްލިނިކުން ޓްރީ ޓޮޕްގެ މައި ހޮސްޕިޓަލުން ލިބޭ ހުރިހާ ލެބޯޓްރީގެ ޚިދުމަތެއް ލިބޭނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ލެބޯޓްރީ ޚިދުމަތްތަކަށް މިދިޔަ އަހަރުތަކުގައި ވަރަށް ބޮޑު ތަރުހީބެއް އޮވެ ގިނަ ފަރާތްތަކުން އެ ޚިދުމަތްތައް މިހާރުވެސް ހޯދަމުންދެއެވެ.

ޓީ.ޓީ.އެޗް ކްލިނިކުން ފޯރުކޮށްދޭ ލެބޯޓްރީ ޚިދުމަތްތަކުގެ ތެރޭގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ހުރިހާ ލެބޯޓްރީ ޓެސްޓެއްގެ ސާމްޕަލް ނެގޭނޭއެވެ އޭގެ ތެރޭގައި:

  • ހެމަޓޮލޮޖީ، ހެމޮސްޓޭސިސް އެންޑް ކޯއެގްޔުލޭޝަން، ކްލިނިކަލް ކެމިސްޓްރީ އަދި އެތައް ކަމެއް

  • ރިފަރަލް ލެބޯޓްރީގެ ޚިދުމަތް
  • 300 އަށްވުރެ ގިނަ ޚާއްޞަ ޓެސްޓް ހުށަހެޅުން

ޓީޓީއެޗް ކްލިނިކަކީ މެހެމާނުންނަށް ފަސޭހަކަމާއިއެކު އަވަސްކޮށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަގްސަދުގައި ހުޅުވިފައިވާ ތަނެކެވެ. އެގޮތުން މި ކްލިނިކް ހުޅުވިފައިވަނީ ބުރުޒު މަގުގައި ހުންނަ މއ. ޗަމްޕާ ވިލާގައެވެ. ޓީޓީއެޗް ކްލިނިކް ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 22:00 ނިޔަލަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްޚީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް މި ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

މި ހޮސްޕިޓަލާ ބެހޭ މައުލޫމާތު[email protected]އަށް އީމެއިލް ކުރުމުން ނުވަތަ 3351610 އަށް ގުޅުމުން ލިބޭނެއެވެ.