27 May 2023, 13:02
ވިލާ ގްރޫޕްގެ ފަރާތުން ހުޅުމާލޭގައި ފުރަތަމަ ފަހަރަށް "ވިލާ ހާޑްވެއާ"ގެ ނަމުގައި އާ ފިހާރައެއް ހުޅުވައިފިއެވެ.
އެ ފިހާރަ ހުޅުވާފައި ވަނީ ހުޅުމާލެ ފޭސް އެކެއްގައި ވިލާއިން ހިންގަމުންދާ ޕެޓްރޯލް ޝެޑްގައެވެ.
ވިލާ ހާޑްވެއާގެ އޮފިޝަލަކު ވިދާޅުވިގޮތުގައި، އެ ފިހާރައިގެ އަމާޒަކީ ފެންވަރު ރަނގަޅު ހާޑްވެއާ ޕްރޮޑަކްޓްތައް ހެޔޮ އަގުގައި ގެނެސްދިނުމެވެ.
"އަޅުގަނޑުމެންގެ އަމާޒަކަށް ވާނީ އެންމެ ތައުރީފު ލިބިފައިވާ ހާޑްވެއާ ޕްރޮޑަކްޓުތައް ރާއްޖެއަށް ތައާރަފްކޮށް، ޑިމާންޑާ އެއްވަރަށް މި ޕްރޮޑަކްޓްތައް ބާޒާރަށް ނެރެ ދިނުން." އޮފިޝަލް ވިދާޅުވިއެވެ.

ހުޅުމާލޭގައި ހުޅުވާފައިވާ ވިލާ ހާޑްވެއާގެ އާ ފިހާރަ -- ފޮޓޯ/ ވިލާ
އެ ފިހާރައިން ޕްރިމިއަމް ބްރޭންޑްތަކުގެ އެކި އުފެއްދުންތައް އެކަށީގެންވާ އަގެއްގައި ލިބެން ހުންނާނެއެވެ. މިގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ކެޓް (ކެޓަޕިލާ) ބްރޭންޑްގެ ޕަވާޓޫލްސް، ޓެކިރޯ އަދި ހެކްޓާ ޓޫލްސް ބްރޭންޑްގެ ހޭންޑްޓޫލްސްތައް ހިމެނެއެވެ. މި ހުރިހާ ޕްރޮޑަކްޓްތަކެއްވެސް ހޯލް ސޭލް އަދި ރީޓެއިލްކޮށްވެސް ލިބިގެން ދާނެއެވެ.
ވިލާ ހާޑްވެއާއިން ލިބެން ހުންނަ ފްލައިވުޑްގެ ވައްތަރުތަކަށް ބަލާއިރު ރާއްޖޭގެ މާކެޓުގައި އިތުބާރުހުރި މެލޭޝިއާ ފްލައިވުޑް، މެރިން ފްލައިވުޑް، ކޮމާޝަލް ފްލައިވުޑް އަދި ފިލްމް ފޭސްޑް ފްލައިވުޑް ލިބެން ހުންނާނެއެވެ.

ހުޅުމާލޭގައި ހުޅުވާފައިވާ ވިލާ ހާޑްވެއާގެ އާ ފިހާރަ -- ފޮޓޯ/ ވިލާ
ގިނަ ހާޑްވެއާ ޕްރޮޑަކްޓްތައް ލިބެން ހުންނަ ވިލާ ހާޑްވެއާއިން ކޮންޑިއުޓް ހޮޅީގެ ވައްތަރުތައްވެސް ލިބޭނެއެވެ. އޭގެ ތެރޭގައި އާންމު ގޮތެއްގައި އިމާރާތްތައް ހަދާއިރު ކޮންކްރީޓްގެ ތެރެއިން ނަރު އެޅުމަށް ބޭނުންކުރާ ހަރު ހޮޅީގެ އިތުރުން ސީލިންގް މަތިން ނުވަތަ ސިމެންތި ޖަހާއިރު އޭގެ އެތެރެއިން ނަރު ދައުރު ކުރުމަށް އާންމުކޮށް ބޭނުންކުރާ ކޮރެގޭޓެޑް ކޮންޑިއުޓް ނުވަތަ ކޮންޑިއުޓް މަޑު ހޮޅި ހިމެނެއެވެ.
ވިލާ ހާޑްވެއާއިން ލިބޭ އިތުރު ސާމާނުގެ ތެރޭގައި ލިޓަފްލެކްސް ފިޓިންގްސް، ހައި ކޮލެޓީ އެކި ސައިޒުގެ ކޭސިންގް، ކޮމްޕާޓްމަންޓް ޓްރަންކިންގް، ފްލޯ މަތީގައި ކޭބަލް އަޅާއިރު ރައްކާތެރިކޮށް ބެހެއްޓުމަށް ބޭނުންކުރާ ކާޕެޓް ޓްރަންކިންގް ހިމެނެއެވެ.
"ވިލާ ހާޑްވެއާއިން ލިބެން ހުންނަ ޕަވަޓޫލްސްއާ އެކު މިހާރު ރާއްޖޭގެ މާކެޓުގައި އާންމު ޕަވަޓޫލްސް ތަކުގެ އެސަސަރީސް ބޭނުން ކުރެވޭނެ. އެހެންކަމުން އަލަށް އެ ބްރޭންޑަށް ބަދަލުވާން ބޭނުންވާ ނަމަވެސް ކުރީގެ އެސަސަރީސް ބޭނުން ކުރެވުމަކީ މަސައްކަތްތެރިންނަށް ލިބޭ ވަރަށް ބޮޑު ލުޔަކަށް ވާނެ. ކޮންޑިއުޓް ހޮޅިއަށް ބޭނުންވާ ފިޓިންގްސް ވެސް މިހާރު އަޅުގަނޑުމެން އެބަ ވިއްކަން. މިއީ ކޮންޑުއިޓް ހޮޅިތަކާއި އެއް ފެންވަރަކަށް ތައްޔާރުކޮށްފައިވާ، ކޮލެޓީ ފިޓިންގްސް." ވިލާ ހާޑްވެއާގެ އޮފިޝަލަކު ވިދާޅުވިއެވެ.

ހުޅުމާލޭގައި ހުޅުވާފައިވާ ވިލާ ހާޑްވެއާގެ އާ ފިހާރަ -- ފޮޓޯ/ ވިލާ
ވިލާ ހާޑްވެއާ އިން ވިއްކާ ހުރިހާ ސާމާނެއްވެސް މާލެ އާއި ހުޅުމާލެ އަދި ބޯޓުތަކަށް ޑެލިވަރީ ކޮށްދޭނެއެވެ.
ވިލާ ހާޑްވެއާއިން ލިބެން ހުންނަ ޕްރޮޑަކްޓްތަކާ ގުޅޭ އިތުރު މައުލޫމާތު 7211333އަށް ވައިބާ ކުރުމުން ލިބޭނެެއެވެ. މީގެ އިތުރުން ވިލާ ހަކަތައިގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ނުވަތަ[email protected]އަށް އީމެއިލް ކުރުމުން ވެސް މައުލޫމާތު ލިބޭނެއެވެ.