01 Jul 2023, 20:28
ވިލިމާލެއިން ގެއްލިގެން ހޯދި ޢާތިފާ ޢަބްދުﷲ، 53 މިރޭގެ ވަގުތެއްގައި އަމިއްލައަށް ގެއަށް ގޮސްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
އާތިފާ ފެނުނުކަން ހާމަކޮށް ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އާތިފާގެ ހާލު ރަނގަޅު ކަމަށެވެ.
މީގެ ކުރިން ފުލުހުން ބުނީ، އާތިފާގެ ނަމުގައި ވިލިމާލޭ ފިހާރައެއްގެ ނަމްބަރަކުން އާއިލާއަށް ގުޅި ކަމަށެވެ. އަދި އެއީ އާތިފާތޯ ދެނެގަތުމުގެ މަސައްކަތް ކުރާކަމަށް ފުލުހުން އޭރު ބުނެފައި ވެއެވެ.
އާތިފާ ގެއްލިގެން ހޯދުމަށް އެދި ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު ހެނދުނު 10:25 ހާއިރެވެ. އެ ރިޕޯޓާ އެކު އޭނާ ހޯދުމުގެ މަސައްކަތް ފަށައިފައި ވާކަމަށް ފުލުހުން ބުންޏެވެ.