19 Jul 2023, 08:39
މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭ އާއި އޭނާގެ ފިރިމީހާ ޑޯލްޓަން ގޯމޭޒް ވަކިވެ ދެމީހުން ވަރިވާން ތައްޔާރުވެއްޖެއެވެ.
އާރިއާނާ އާއި ޑޯލްޓަންގެ ދެ އަހަރުގެ ކައިވެނި ރޫޅާލައި ވަރިވުމަށް ކުރަން ޖެހޭ މަސައްކަތްތައް ފުރިހަމަ ކުރަމުން އަންނަ ކަމަށް ހާމަވެފައިވަނީ މީގެ ދުވަހެއް ކުރީންނެވެ. މި ވާހަކަ އާންމުކޮށްފައިވަނީ އާރިއާނާގެ ގާތް ރަހުމަތްތެރިއެކެވެ.
މީގެ ކުރިން މައުލޫމާތު ލިބޭގޮތުގައި ދެމީހުންގެ މެދުގައި ބައެއް ކަހަލަ ހަމަނުޖެހުން ހުރި ކަމަށް ވާހަކަތައް ވަނީ ފެތުރިފައެވެ. ދެމީހުން ދުރުގައި ދިރިއުޅެމުން ދާތީ ވަގުތު ނުދެވޭ މައްސަލަ ވަނީ ބޮޑު މައްސަލައަކަށް ވެފައެވެ.
https://twitter.com/PopCrave/status/1680959652480319490
އާރިއާނާގެ ގާތް މަސްދަރަކު އެމެރިކާގެ ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި ދެމީހުން ކައިވެނި ކުރި ގޮތަށް މާ ގިނަ ދުވަސްތަކެއް ނުވެ އާރިއާނާ ދާން ޖެހުނީ އޭނާގެ ފިލްމުގެ މަސައްކަތް ކުރާށެވެ.
މި ފިލްމަކީ "ވިކެޑް" އެވެ. މިއީ އާރިއާނާގެ ކެރިއަރުގައި އެންމެ ބޮޑު އެއް ޕްރޮޖެކްޓަށް ވާނެއެވެ. މި ފިލްމުގެ މަސައްކަތް ކުރަމުން އަންނަ އިރު އާރިއާނާއަށް އޭނާގެ ފިރިމީހާ ޑޯލްޓަން ކައިރިއަށް ނުދެވޭ މައްސަލަ ޑޯލްޓަން ޖައްސާ ކަމަށް މައުލޫމާތު ލިބެއެވެ.
އެންމެފަހުން ދެމީހުން ވަކިވެފައިވާއިރު ވަރީގެ ކަންތައް ކުރިއަށް ގޮސްފައި އޮތީ ކިހާ މިންވަރަކަށް ކަމެއް އަދި ހާމަވެފައެއް ނުވެއެވެ.
އާރިއާނާ އާއި ޑޯލްޓަން ކައިވެނި ކޮށްފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ރިއަލް އެސްޓޭޓް އޭޖެންޓެއް ކަމަށްވާ ޑޯލްޓަން އާ ކައިވެނި ކުރަން އުޅޭ ކަން އާރިއާނާ އިއުލާނު ކުރީ ކުއްލިއަކަށެވެ. އޭގެ ކުރިން ދެމީހުން އެކުގައި އުޅޭކަން ވެސް ހާމަކޮށްފައެއް ނުވެއެވެ. މިއީ ދެމީހުންގެ ވެސް ފުރަތަމަ ކައިވެންޏެވެ.