ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރިން ކަމަށްވާ ހުސައިން ޞަބާހް (ސޮބާ)އާއި ފާތިމަތު ފަރީލާ (ފަރީ) އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

އެ ދެ ތަރިން އެމްޑީޕީއަށް ސޮއިކުރުމަށްފަހު ފޯމު ހަވާލުކުރީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެވެ.

ސޮބާއަކީ ފިލްމީ ދާއިރާގައި މީގެ ކުރިން އަލިގަދަ ތަރިއެކެވެ. އޭނާގެ ފިލްމުތަކަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބުނެވެ. އޭނާއަކީ މިއުޒީޝަނެއް ވެސް މެއެވެ. ބައެއް ލަވަތައް ވެސް އޭނާ ކިޔައިފައިވެއެވެ.

ފަރީލާއަކީ ވެސް ދިވެހި ފިލްމީ ދާއިރާގެ ގިނަ ފިލްމުތަކަކުން ފެނިފައިވާ ކުޅަދާނަ އެކްޓްރެސްއެކެވެ. ގިނަ ބައެއްގެ މަގުބޫލުކަން ވެސް އޭނާ ވަނީ ހޯދައިފައެވެ.

ރިޔާސީ އިންތިޚާބާ ދިމާކޮށް، ޕާޓީތަަކަށް މީހުން ސޮއިކުރުމަކީ އާއްމުކޮށް ވާ ކަމެކެވެ. މީގެ ކުރިން ވެސް ފިލްމީ ދާއިރާގައި މަަސައްކަތް ކުރާ އެތައް ބަޔަކު ވަނީ އެކި ޕާޓީތަކަށް ސޮއިކޮށްފައެވެ.