Last Updated: 1 decade 4 year ago
ބުލޮގު ޚުލާސާ
*** ރައީސް މައުމޫނާއި ސަރުކާރުގެ ބައެއް އިސްވެރިން ހައްޔަރުކުރަން އަޑުއުފުލާ އެމްޑީޕީން މިއަދު ހަވީރު ފެށި މުޒާހަރާ އެމްއެމްއޭ އާ ހިސާބުން ފުލުހުން ހުރަސް އަޅައި އެ ހިސާބުގައި ހުއްޓުވައިފި އެވެ. ދަރުބާރުގެ އުސްފަސްގަނޑު ސަރަހައްދުން ގިނަ ބަޔަކާ އެކު ފެށި މުޒާހަރާ މުޅި މާލޭގައި ކަހަލަ ގޮތަކަށް ކުރުމަށް ފަހު ބޮޑުތަކުރުފާނު މަގުން އެމްއެމްއޭ ސަރަހައްދަށް މުޒާހަރާގެ ބައިވެރިން މިސްރާބު ޖެހީ އިރުއޮއްސެން އުޅެނިކޮށެވެ. މުޒާހަރާގެ ބައިވެރިންނަށް އެ ހިސާބަށް ދެވުނު އިރު ރަޔަޓް ފުލުހުން ނުކުމެ މަގު އޮތީ ބްލޮކް ކޮށްފަ އެވެ. ފެންހޮޅިއާއި މުޒާހަރާ ރޫޅާލަން ބޭނުންކުރާ އާލާތްތައް ފުލުހުން ހުރީ ރެޑީކޮށްފަ އެވެ. އެމްޑީޕީ މީހުން އަންނަނީ އެ ސަރަހައްދުގައި ތިބެ މުޒާހަރާ ކުރަމުންނެވެ.
ކޮމަންވެލްތާއެކު ދިވެހިން ގެ ނަމުގައި އެމްޑީޕީން މިއަދު ހަވީރު އުސްފަސްގަނޑުން ފެށި މުޒާހަރާ މާލޭގެ ބޮޑެތި މަގުތަކުން ކުރިއަށް ގޮސް އެމްއެމްއޭ ކައިރިން ފުލުހުން ހުރަސް އެޅުމުން އެ ސަރަހައްދުގައި ޖަލްސާއެއް ބާއްވާ މުޒާހަރާ ނިންމާލައިފި އެވެ.
މިއަދު ހަވީރު އުސްފަސްގަނޑުން ފެށި އެމްޑީޕީން ގެ މުޒާހަރާގެ ބައިވެރިން އެމްއެމްއާއި ދިމާލުން ކުރިއަށް ދާން މަސައްކަތް ކުރީ އިރުއޮއްސާމާއި ގާތްވެފައި ވަނިކޮށެވެ. އޭރުވެސް ފުލުހުން ވަނީ އެމްއެމްއޭ ކައިރިން އެ މަގުގައި ބެރިކޭޑްތަށް ޖަހައި މަގު ބަންދުކޮށްލާފަ އެވެ. އަދި ރަޔަޓް ފުލުހުން ވަނީ އެ ސަރަހައްދަށް ނެރެފަ އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ބެރިކޭޑްތައް ފަޅާލުމުން ފުލުހުން ވަނީ އެ މީހުން އެމްޓީސީސީ ޓަވަރާ ހިސާބަށް ފަހަތައްޖައްސާފަ އެވެ. ގަޑިން ނުވައެއް ޖެހުމާއި ހަމައަށް މުޒާހަރާގެ ބައިވެރިން ވަނީ އެ ސަރަހައްދުގައި އިށީންދެއާއި ކޮޅަށް ތިބެ އެ މީހުންގެ ޝުއޫރުފާޅުކުރަމުން ގެންގޮސްފަ އެވެ. އެއަށް ފަހު މުޒާހަރާ ޖަލްސާއަކަށް ބަދަލުވި ކަން އިއުލާންކޮށް އެ ސަރަހައްދަށް އެމްޑީޕީގެ ޕޯޑިއަމް ގެނެސް އާންމުކޮށް އުސްފަސްގަޑު ބާއްވާ ސްޓައިލްގެ ޖަލްސާއެއް ފެށި އެވެ. އެ ޖަލްސާގައި އެމްޑީޕީގެ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި ކުރީގެ މިނިސްޓަރުން ވާހަކަ ދެއްކެވި އެވެ. ހުރިހާ ބޭފުޅުންގެ ވާހަކަތައްވެސް އަމާޒްކޮށްފައި ހުރީ ސިފައިންނާއި ފުލުހުންނަށެވެ. ހާއްސަކޮށް ފެބުރުއަރީ ހަތެއް އަދި އަށެއްގައި ފުލުހުންނާއި ސިފައިން ހިންގި ކަންތައްތަކަކީ ބަޣާވާތެއްކަން ވިސްނައިދިނުމަށް ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރެއްވި އެވެ.
ޖަލްސާ ކުރިއަށް ދިޔަ ވަގުތު ބައިވެރިންގެ ފޯރި ހިފައި ފުލުހުންނާއި އާންމުންނާއި ދެމެދު ކޮންމެވެސް ވަރަކަށް ހހޫނު ބަހުގެ ހަމަލާތައް ބަދަލުކުރެވި ހަމަނުޖެހުންވެސް ހިނގި އެވެ. މުޒާހަރާގެ ބައިވެރިންވެސް އަދި ފުލުހުންވެސް ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ހުތުރުބަހުން ވާހަކަދައްކާވެސް ހަދާފަ އެވެ. އެ ހަމަނުޖެހުންތަކުގެ ތެރެއިން ހަ މީހަކު ފުލުހުން ހައްޔަރުކުރި އެވެ.
ފަހުން ޖަލްސާއަކަށް ބަދަލުވީ އެމްޑީޕީގެ އެމުޒާހަރާ ނިންމާލާފައިވަނީ 12.15 އެހާކަން ހާއިރު މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމަށް ފަހު ރާޅުގަނޑު ސަރަހައްދަށެވެ.
އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސް މަގާމުން ދުރުކުރި ފަހުން އެމްޑީޕީން އަންނަނީ އާދަވެގެން އުސްފަސްގަޑުގައި ބާއްވާ ޖަލްސާތައް މާލޭގެ އެކި ސަރަހައްދުތަކުގައި ބާއްވަން ފަށާފަ އެވެ. އެގޮތުން އެ ހާދިސާއަށް ފަހު ޖެހިގެން އައިރޭ ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނެވި އެމްޑީޕީގެ ޖަލްސާއެއް ވަނީ މެދުޒިޔާރަތް ކުރިމަތީގައި ބާއްވައިފަ އެވެ.

އެމްޑީޕީން މިއަދު ފެށި މުޒާހަރާ އެމްއެމްއޭ ސަރަހައްދާ ހިސާބުން ފުލުހުން ހުއްޓުވުމުން އެމްޑީޕީގެ ޖަލްސާއެއް އެމްއެމްއޭ ސަރަހައްދުގައި ފަށައިފި. ގުރުއާން ކިޔަވާ ޖަލްސާ ވަނީ ފަށާފައި.
އިތުރު ދެ އަންހެނަކު އަނެއްކާވެސް ހައްޔަރުކޮށްފި. އެ މީހުން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން.
ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި އެތެރެއަށް ވަންނަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި. އެ މީހާޔާ ފުލުހުން މުހާތަބު ކުރީ ވަރަށް ހަޑިހުތުރު ބަހުން.
ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާގައި ބައިވެރިވާއިރު މިވަގުތު މުޒާހަރާގެ ތެރެއިން އިވެނީ ގުރުއާނުގެ އަޑު. އަޑު ގަދަ ކުރާއިން ބާރަށް ވަނީ ގުރުއާން ޖަހާފައި. ފުލުހުންނާއި މުޒާހަރާ ކުރާ މީހުންނާ ދެެމެދު ހަމަ ނުޖެހުންތަކެއް އަދި ނުހިގާ.