26 Jul 2023, 15:03
ރައީސުލްޖުމްހޫރިއްޔާ ދެއްވަވާ، ޝަރަފުވެރިކަމުގެ އިނާމު ހަތަރު މީހަކަށާއި އެއް ކުންފުންޏަކަށް ދެއްވައި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު 17 މީހަކަށާއި އެއް ޖަމިއްޔާއަށް ދެއްވައިފިއެވެ.
މި އިނާމުތައް ދެއްވީ މިނިވަން ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ޚާއްސަ ޖަލްސާގައެވެ.
މިއަދު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބުނު ހަތަރު މީހުންނާއި އެއް ކުންފުންޏަކީ:
އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: އައްޝައިޚް އަހްމަދު ފަހުމީ ދީދީ، ގ.ސިނަމާލެ 1 13-01
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން- ރަޝީދާ އިބްރާހީމް، އާރު، ގދ. ތިނަދޫ
- ފަތުރުވެރިކަމުގެ ދާއިރާއިން- ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ދަތުރުފަތުރުގެ ދާއިރާއިން- ކެޕްޓަން އަހްމަދު ޒުބައިރު، މ. މޯނިންވިލެޖް
- ކުޅިވަރުގެ ދާއިރާއިން- މައިޒާން އަލީ މަނިކު، ހ. އިސްދޫ

ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ހަވާލުކޮށްދެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މިއަދުގެ ޖަލްސާގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބުނު 17 މީހުންނާއި، ޖަމިއްޔާއަކީ:
ކީރިތި ޤުރުއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރުއާނުގެ އިލްމުގެ ދާއިރާއިން؛ ކީރިތި ޤުރުއާނުގެ އިލްމު އުނގެނުމާއި، އުނގަންނައިދިނުމުގެ ރޮނގުން. އަލްޤާރީ އިބްރާހީމް ރަމްޒީ، ހިޔާ، ށ.ފުނަދޫ
- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ އިސްލާމްދީން އުނގަންނައިދިނުމުގެ ރޮނގުން: އައްޝައިޚް ހަސަން ލަތީފް މޫސާ، ހިކަދިގަސްދޮށުގެ، ސ.ހިތަދޫ
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ވާހަކަދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން: އަލީ އަމީރު، ލަކީސްޓާރ، ދ.ބަނޑިދޫ
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން. ފާރޫގު އަހްމަދު ކްރެޝެންޓްވިލާ، ހދ. ފިނޭ
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހާއި ބަހުގެ އިލްމު ކުރިއެރުވުމާއި، ބަސް ދިރާސާކުރުމުގެ ރޮނގުން. ލިޔުންތެރިންގެ ގުޅުން
- ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން؛ އިހުގެ ފަންނުތައް ދިރުވައި، އާލާކުރުމުގެ ރޮނގުން. އަބްދުއްޞަމަދު އަލީ، ނިކަގަސްދޮށުގެ، މ. ވޭވަށް
- ތައުލީމީ ދާއިރާއިން:ތައުލީމު އުނގަންނައިދިނުމުގެ ރޮނގުން: މުޙައްމަދު ވަޖީހު، ޕޭންޓްލޭންޑް، ބ. އޭދަފުށި
- މަސްވެރިކަމުގެ ދާއިރާއިން؛ ދޮށީގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ރޮނގުން: އިބްރާހީމް ރަޝީދު، ގުރަހަ، ހއ. އިހަވަންދޫ
- ފަތުރުވެރިކަމުގެ ދާއިރާއިން؛ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހީން ބިނާކުރުމަށާއި، ދިވެހީން ޝައުޤުވެރިކުރުވުމަށް މަސައްކަތްކުރުމުގެ ރޮނގުން: ޙަސަން ސައީދު، މާދަޑު. އެއްގަމިގެ، ޏ. ފުވައްމުލައް
- އިޖުތިމާއީ ޚިދުމަތުގެ ދާއިރާއިން؛ ދެމެހެއްޓެނިވި ގޮތެއްގައި ވަޒީފާގެ ފުރުޞަތުތައް ޤާއިމުކޮށްދީ، ފަރުދުންގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ ރޮނގުން. ޝިޔާމާ އަޙްމަދު, މ. ކަރޭޖް
- އިޖުތިމާއީ ޚިދުމަތުގެ ދާއިރާއިން؛ މުޖުތަމައުގެ ދުޅަހެޔޮކަމާއި ޒުވާނުންގެ ތަރައްޤީއަށާއި، ޒުވާނުން ބިނާކުރުމަށާއި ތަރުބިއްޔަތު ކުރުމަށް މަސައްކަތްކުރުމުގެ ރޮނގުން: ކެޑޭޓް މޭޖަރ ޔާސިރު މުޙައްމަދު، މައިދާން، ޅ. ނައިފަރު
- ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން؛ މައުލޫމާތު ފެތުރުމުގެ ރޮނގުން: ޝިފްޒާ މުޞްޠަފާ، މާދަޑު. އާސާން، ޏ. ފުވައްމުލައް
- ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން؛ މައުލޫމާތު ފެތުރުމުގެ ރޮނގުން: އަޙްމަދު މުޙްސިން، ގުލްފާމްގެ، ހދ. ނައިވާދޫ
- ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނު ކުރުމުގެ ރޮނގުން: އަޙްމަދު ސަލީމް، މ. ކުނޑި
- ކަލިނަރީ އާޓްސްގެ ދާއިރާއިން؛ އާމިނަތު ޝާނީ، މ. ތަރިވިދާގެ
- ވިޝުއަލް އާޓްސްގެ ދާއިރާއިން؛ ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުން) ރޮނގުން. އަޙްމަދު އަޒުމީ ޙަލީމް، މ. ހަރްމަލްގެ
- ޕަރފޯމިންގ އާޓްސްގެ ދާއިރާއިން؛ ރޭޑިއޯ ޑްރާމާކުޅުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން: މުޙައްމަދު ނިހާން ނަޞީރު، ހ. ސޯފިޔާ
- ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން: ސާޖަންޓު އަބްދުﷲ ޝަހުނީޒް، އޯކިޑުމާގެ، ނ.ޅޮހި