ސޮނީގެ ޕްލޭސްޓޭޝަން 5 ގޭމިން ކޮންސޯލްގެ ބޮޑު އަޕްޑޭޓެއް އިއުލާނުކޮށްފިއެވެ.

ސޮނީން ބުނީ މިވަގުތު މި އާ ފީޗާތައް ތައާރަފު ކުރަމުން ދަނީ އެމެރިކާ، ކެނެޑާ، ޖަޕާން، އިނގިރޭސިވިލާތް، ޖަރުމަނު އަދި ފްރާންސް ހިމެނޭ ގޮތަށް ހޮވާލެވޭ ގައުމުތަކަކަށް ސޮފްޓްވެއާ ބީޓާ އަޕްޑޭޓެއްގެ ގޮތުގައި ކަމަށެވެ.

މި އަޕްޑޭޓްގެ ސަބަބުން ސޮނީގެ ގޭމިން ކޮންސޯލަށް އާ އެކްސެސިބިލިޓީ ފީޗާތަކެއް ގެނައުމުގެ އިތުރުން އޯޑިއޯ އެންހޭންސްމަންޓްތަކާއި ޔޫއައި އިމްޕްރޫވްމަންޓްތައް ވެސް ގެނެސްދެއެވެ.

ސޮނީން ބުނީ ބީޓާ މަރުހަލާގައި ލިބެން ހުރި ބައެއް ފީޗާތައް ފައިނަލް ވާޝަނަށް ނުދިއުމަކީ ނުވަތަ ބޮޑެތި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މި ހުރިހާ ފީޗާއެއް މިއަހަރު ފަހުކޮޅު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕީއެސް5 ބޭނުންކުރާ ފަރާތްތަކަށް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސޮނީ ޕްލޭސްޓޭޝަން 5 ގެ ގޭމިން ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ޚާއްޞަ އަޕްޑޭޓްތަކެއް އިތުރުކޮށްފައިވާއިރު، މިހާރު ކުޅުންތެރިންނަށް އެކަކު އަނެކަކަށް ކޮލޮބްރޭޓިވްކޮށް ކުޅެ، ގޭމްޕްލޭގެ ތެރޭގައި ދެވަނަ ކޮންޓްރޯލަރެއް ގުޅުވައިލެވޭނެއެވެ.

އަލަށް އިތުރު ކުރާ އަޕްޑޭޓާއެކު ސިސްޓަމް ޔޫއައިގައި ހެޕްޓިކް ފީޑްބެކް ހިމަނާފައިވާއިރު، ކޮންސޯލްގެ މެނޫތަކާއި ފީޗާސްތަކާ އެކު އިތުރަށް އިމާސިވް އިންޓަރެކްޝަންއެއް ލިބިގެންދެއެވެ. އަދި އޯޑިއޯ އެންހެންސްމަންޓްތަކުން އޯޑިއޯ ތަޖުރިބާ ކުރިއަށް ވުރެ ރަނގަޅުވާއިރު، ރިއަލިޒަމް އާއި ސްޕެޝަލް އޯޑިއޯ އިފެކްޓްސްވެސް ލިބެއެވެ.

ޕާޓީ ޔޫއައި އަޕްޑޭޓްކޮށްފައިވަނީ މުވާސަލާތުކުރުމާއި މަލްޓިޕްލޭޔާ ގޭމިންގް އޮމާންކޮށް ޔޫޒާ ފްރެންޑްލީ ކޮށްދިނުމަށެވެ. މިހާރު ކުޅުންތެރިންނަށް އެމީހުންގެ ޝެއަޑް ސްކްރީންތައް ބްރޯޑްކާސްޓް ކުރުމުގެ ކުރިން ޕްރިވިއު ކުރެވޭއިރު، އެކަމުގެ ސަބަބުން ޞައްޙަ ވިޝުއަލްތައް ކަށަވަރު ކުރެވޭނެއެވެ. ރައްޓެހިންގެ ގޭމް ސެޝަންތަކުގައި ބައިވެރިވުން ފަސޭހަވެ، އެއްވެސް ދަތިކަމެއް ނެތި މަލްޓިޕްލޭޔާ ތަޖުރިބާތަކެއް ކުރެވޭނެ އެވެ.

ގޭމް ހަބް މުބާރާތްތަކުގެ ޓައިލްގައި ކުޅުންތެރިންގެ އަމިއްލަ ގޭމްތަކާއި ކުރިއަށްދާ އަދި ކުރިއަށް އޮތް މުބާރާތްތައް ދައްކާލާފައިވާއިރު، ވާދަވެރި ގޭމިން ފުރުސަތުތަކަށް މަގުފަހިކޮށްދެއެވެ. މީގެ އިތުރުން ކުޅުންތެރިންނަށް މިހާރު ޕީއެސް5 ބީޕް އަޑު ނުއިވޭއިރު، އަޑުގަދަ މާހައުލުތަކުގައި ގޭމިން ސެޝަންތަކުގައި އުފެދޭ އުދަނގޫތައް ކުޑަކުރެވޭނެއެވެ.

މީގެ އިތުރުން ޕީއެސް5އިން މިހާރު ބޮޑެތި ކެޕޭސިޓީގެ އެމް.2 އެސްއެސްޑީތަކަށް ސަޕޯޓް ކުރާއިރު، ސްޓޯރޭޖް ފުޅާކޮށް، އިތުރު ގޭމްތަކާއި މީޑިއާ ކޮންޓެންޓްތައް ރައްކާ ކުރެވޭނެއެވެ.