03 Aug 2023, 22:42
މިއަހަރުގެ ދެވަނަ ފިޔަވަހީގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ހަމަވާނެއެވެ.
ބީއެމްއެލްއިން ބުނީ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމުގެ އިތުރުން ގުޅޭ ލިޔެކިޔުންތައް ހުޅަހެޅޭނީ އީމެއިލް މެދުވެރިކޮށް ކަމަށެވެ. އެގޮތުން އެ ލިޔުންތަކާއި ފޯމްތައް ހުށަހެޅުމަށް އެ ކުންފުނީގެ އީމެއިލް[email protected]އަށް ފޮނުވުމަށް ބީއެމްއެލްއިން ވަނީ އެދިފައެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ހަމައެކަނި ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާތަކަށެވެ.
މި ފަންޑް ލިބޭނީ ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓް ތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށެވެ. އޭގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާއާ ހަމަޔަށް އެހީ ދިނުމަށް ވަނީ އެ ފަންޑްގެ ދަށުން ކަނޑައެޅިފައެވެ.
ބީއެމްއެލްއިން ބުނީ މިއަހަރުގެ ދެވަނަ ފިޔަވަހީގައި ޖުމްލަ 10 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެވެބްސައިޓްއިން ލިބޭނެއެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާ އެކު ރާއްޖޭގެ އެކި ރަށްރަށުގައި ކޮމިއުނިޓީއަށް ބޭނުންވާނެ ތަފާތު ތަންތަން އަންނަނީ ގާއިމްކުރަމުންނެވެ.