މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ އއ. މާޅޮސް، ހުސްނޫވިލާ، އަލީ ރިޝާން،21، ކަމަށެވެ.

އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މިދިޔަ ހުކުރު ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ގާތްގަނޑަކަށް ދެހަފުތާ ކުރިންކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރިޝާންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.