09 Oct 2023, 18:47
އުރީދޫގެ އެމްފައިސާ ޚިދުމަތް މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ފައިސާގެ އެހީ ފޯރުކޮށްދެވޭ ގޮތް ހަދައިފިއެވެ.
އެގޮތުން އުރީދޫއިން ބުނީ އެމްފައިސާ މެދުވެރިކޮށް ފައިސާ ހަދިޔާ ކުރާނަމަ އެންމެ ފުރަތަމަ ޖެހޭނީ އެމްފައިސާއަށް ލޮގިންވާން ކަމަށެވެ.
އެއަށްފަހު ޖެހޭނީ ސްމާޓް ޕޭ ސެލެކްޓްކޮށް ކިއުއާރްކޯޑް ސްކޭން ކުރާށެވެ. ނުވަތަ މާޗަންޓް ނަމްބަރުކަމަށްވާ9306501ޖެހޭނެއެވެ.
އޭގެފަހުން ބޭނުންވާ އަދަދު ޖެހުމަށްފަހު ކޮންފާމްކުރުމުން ފައިސާ ހަދިޔާ ކުރެވުނީއެވެ.

އުރީދޫ އެމްފައިސާ --
އުރީދޫއިން ބުނީ އެމްފައިސާ މެދުވެރިިކޮށް ހަދިޔާކުރާ ފައިސާގެެ އެހީ ފޯރުކޮށްދޭނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މެދުވެރިކޮށް ކަމަށެވެ.
މިހާރު ވެސް ފަލަސްތީނަށް އެހީވުމުގެ ގޮތުން ފައިސާގެ އެހީ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެގޮތުން ފަލަސްތީނަށް އެހީވުމަށް, އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން ހުޅުވާލި ފަންޑަށް އެއް ދުވަސް ތެރޭ މިލިއަނެއްހާ ރުފިޔާ ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އިޒްރޭލުން ފަަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 560މީހުން ޝަހީދުވެ، 2,900އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.