26 Oct 2023, 08:45
ދުނިޔޭގެ މިހާތަނަށް އެންމެ ގިނަ ދުވަސްވީ ކުއްތާ، ބޮބީ، މިދިޔަ ހޯމަ ދުވަހު މަރުވެއްޖެއެވެ.
މިހާތަނަށް އެންމެ ގިނަ ދުވަހު ދުނިޔޭގައި ދިރިހުރި ކުއްތާގެ ރެކޯޑު، ގިނެސް ވޯލްޑް ރެކޯޑްސް ފޮތުން ހޯދާފައިވާ ބޮބީ މަރުވިއިރު އޭގެ އުމުރަކީ 31 އަހަރާއި 165 ދުވަހެވެ.
ބޮބީ ގެންގުޅުނު ލައިނެލް ކޯސްޓާ ބުނާގޮތުގައި އޭގެ ދިގު އުމުރުގެ ފަހަތުގައި ވަރަށް ގިނަ ސިއްރުތަކެއް ވެއެވެ. އެގޮތުން އެއް ކަމަކީ ދުވަހު ވެސް އެ ބަނދެ ނުވަތަ އެއްޗެއް އައްސައިގެން ގެންގުޅެފައިނުވާ ކަމެވެ. މިއީ ބޮބީއަށް ފުރިހަމަ މިނިވަންކަން ދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ކޮސްޓާ ފާހަގަކުރެއެވެ.
ދެވަނައަށް ކޮސްޓާ ފާހަގަކޮށްފައިވަނީ ބޮބީގެ ކެއުމުގެ އާދައެވެ. އެގޮތުން ބޮބީ އަށް މުޅީން ވެސް ދީފައިވަނީ އިންސާނުން ވެސް ކާން ދޭ އެއްޗެހި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މި ތަކެތި ދެނީ ފެނުގައި ފޯކޮށްގެން ކަމަށް އޭނާ ފާހަގަކުރިއެވެ.
ބޮބީ ދިރިއުޅެމުން ދިޔައީ ޕޯޗުގީޒް އަވަށެއް ކަމަށްވާ ކޮންކީރޯސްގައެވެ. އޭގެ މުޅި އުމުރު ހޭދަ ކުރީ މިނިވަންކަމާ އެކު އަވަށު އުޅޭ ހުރިހާ ބުޅާތަކާ އެކުގައި ކަމަށް ވެސް ކޮސްޓާ ބުނެއެވެ.
ބޮބީ އަކީ "ރެފެރޯ ދޯ އަލެންތޭހޯ" ބްރީޑުގެ ކުއްތާއެކެވެ. މި ބާވަތުގެ ކުއްތާތަކުގެ އުމުރަކީ އާންމުގޮތެއްގައި 12 އަހަރާއި 14 އަހަރެވެ. ނަމަވެސް ބޮބީ ވަނީ އެ އުމުރަށް ވުރެ ދެގުނަ ދިގު އުމުރަށް ދިރިއުޅެފައެވެ.
މިހާތަނަށް އެންމެ ދިގު އުމުރަށް ދިރިއުޅުނު ކުއްތާގެ ރެކޯޑެއް އޮތީ 1910 ވަނަ އަހަރު ވިހި "ބްލޫއީ" އެވެ. މި ކުއްތާ ވަނީ 29 އަހަރު ދިރިއުޅެފައެވެ. އެއަށް ފަހު ގަރުނަކާ ގާތް ކުރިއިރު އެ އަދަދަށް އެހެން ކުއްތާއަކަށް ނުފޯރައެވެ.