18 Nov 2023, 22:39
އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި މި ފަހަރު އަލަށް ތައާރަފު ކޮށްފައިވާ އިން ސީޒަން ޓޯނަމަންޓްގެ ދަށުން އީސްޓް ގްރޫޕް ބީގައި މިލްވައުކީ ބަކްސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗު ބަކްސްއިން ކާމިޔާބު ކޮށްފިއެވެ.
ޗާލޮޓްގެ ސްޕެކްޓްރަމް ސެންޓާގައި ކުޅުނު މި މެޗު ބަކްސްއިން ކާމިޔާބު ކުރީ 130 ޕޮއިންޓް 99 ޕޮއިންޓުންނެވެ.
މެޗުގައި ބަކްސްގެ ޑެމިއަން ލިލާޑް ވަނީ 27 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ކޮށްފައެވެ. އަދި، ހޯނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 37 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން ލަމޭލޯ ބޯލްއެވެ. އީސްޓް ގްރޫޕް ބީގައި ބަކްސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައެވެ.
މި ގްރޫޕްގައި ނިއުޔޯކް ނިކްސްއާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރި މެޗު 120 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ.
އެ މެޗުގައި ނިކްސްގެ ޖަލެން ބްރުންސަން ވަނީ 32 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ކޮށްފައެވެ. އަދި، ވިޒަޑްސްގެ ކައިލް ކުޒްމާ ވަނީ 19 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ކޮށްފައެވެ.
އީސްޓް ގްރޫޕް އޭގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރި މެޗު 126 ޕޮއިންޓް 116 ޕޮއިންޓުން ކާމިޔާބު ކުރީ ސެވަންޓީ ސިކްސާސްއެވެ. އެ މެޗުގައި ސިކްސާސްއަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 32 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ އަށް އެސިސްޓް ދިން ޖޮއެލް އެމްބިޑެވެ.
މި ގްރޫޕުގައި ކްލީވްލަންޑް ކެވެލިއާސްއާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު 108 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބު ކުރީ ކެވެލިއާސްއެވެ.
އެހެން މެޗުތަކަށް ބަލައިލާއިރު ވެސްޓް ގްރޫޕް އޭގައި ފީނިކްސް ސަންސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރި މެޗު 131 ޕޮއިންޓް 128 ޕޮއިންޓުން ސަންސް ކާމިޔާބުކުރިއިރު މި ގްރޫޕްގައި ލޮސް އެންޖަލިސް ލޭކާސް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒާޒް ބައްދަލުކުރި މެޗު 107 ޕޮއިންޓް 95 ޕޮއިންޓުން ކާމިޔާބުކުރީ ލޭކާސްއެވެ.
ވެސްޓް ގްރޫޕް ބީގައި ލޮސް އެންޖަލިސް ކްލިޕާސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރި މެޗު 106 ޕޮއިންޓް 100 ޕޮއިންޓުން ކްލިޕާސް ކާމިޔާބުކުރިއިރު މި ގްރޫޕްގައި ނިއުއޯލިއަންސް ޕެލިކަންސް އާއި ޑެންވާ ނަގެޓްސް ބައްދަލުކުރި މެޗު 115 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބުކުރީ ޕެލިކަންސްއެވެ. އީސްޓް ގްރޫޕް ސީގައި ބޮސްޓަން ސެލްޓިކްސް އާއި ޓޮރޮންޓޯ ރެޕްޓާސް ބައްދަލުކުރި މެޗު 108 ޕޮއިންޓް 105 ޕޮއިންޓުން ސެލްޓިކްސް ކާމިޔާބުކުރިއިރު މި ގްރޫޕްގައި އޯލާންޑޯ މެޖިކް އާއި ޝިކާގޯ ބުލްސް ބައްދަލުކުރި މެޗު 103 ޕޮއިންޓް 97 ޕޮއިންޓުން ކާމިޔާބުކުރީ މެޖިކްއެވެ. އަދި، ވެސްޓް ގްރޫޕް ސީގައި ސެކްރެމެންޓޯ ކިންގްސް އާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރި މެޗު 129 ޕޮއިންޓް 120 ޕޮއިންޓުން ކާމިޔާބުކުރީ ކިންގްސްއެވެ.