ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖްގެ މަގާމަށް، މއ. ނައިލޯނުގެ، ޢަލީ ޝަރީފް އައްޔަނުކުރައްވައި، ސަރުކާރުގެ މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ބައެއް ބޭފުޅުން އައްޔަނުކުރައްވައިފިއެވެ.

އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފައި ވަނީ އެ ކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިއަދު ސްޓޭޓް މިނިސްޓަރުންނަށް އައްޔަން ކުރެއްވި ބޭފުޅުން-- ފޮޓޯ: ރައީސް އޮފިސް

ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަނުކުރެއްވި ބޭފުޅުންނާއި އެބޭފުޅުން ޢައްޔަނުކުރެއްވި މަގާމުތަކަކީ:

  • މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ - ހ. ނީވްވިލާ، އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު

  • މިނިސްޓާ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް - ޏ. ފުވައްމުލައް ދަނޑިމަގު، ނެރުޅު، މުޙައްމަދު ޠާރިޤް އަޙްމަދު
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް - ގދ. މަޑަވެލި، ކިނާރާ، ޑރ. ޢަމްޒަތު އަޙްމަދު
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން - ހ. ނޫމުތީ، ޢަބްދުއްރައްޒާޤު އިބްރާހީމް
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް - ސ. މަރަދޫފޭދޫ ބްލޫހެވަން، މުޙައްމަދު ޝަހުރުއްޛިޔާދު
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - މ. ޒޭވަރު، މަރްޔަމް ފިޒާނާ ރަޝީދު
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ހަޔަރ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ތ. ހިރިލަންދޫ، ލިލީގެ، ޑރ. ޢަބްދުއްރަޙީމް ޙަސަން
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ގ. ގްރީންބީންސް، ފާޠިމަތު މުޙައްމަދު
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ހަޔާ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ހއ. އިހަވަންދޫ، ވައިޖެހޭގެ، އަޙްމަދު ޝަފީޢު
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ހ. ކިސްތީ، އަޙްމަދު މުނާޒު
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވޯކްސް - ހ. ނޫމުތީ، މުޙައްމަދު އިބްރާހީމް

ޑރ. މުއިއްޒު ހުކުރު ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންފައިވާއިރު ސަރުކާރުގެ މަގާމުތަކަށް ބޭފުޅުން އަންނަނީ އައްޔަން ކުރައްވަމުންނެވެ.