ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލް ކމުގެ މަގާމަށް އައްޔަނުކޮށްފިއެވެ.

އެ މަގާމު ލިބުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ސީވީއެފްގެ ރައީސް މިއާ އަމޯރް މޮޓްލޭއާއެކު ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށެވެ.

އެއާއެކު އެ މަނިކުފާނު ވަނީ އެ މަގާމަށް އައްޔަނުކުރެއްވީތީ ޝުކުރު އަދާކުރައްވާފައެވެ.

ނަޝީދު ވަނީ މީގެ ކުރިން (ސީވީއެފް)ގެ "ތީމެޓިކް އެމްބެސެޑަރު" ކަމުގެ މަގާމު އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައި ފުރުއްވައިފައެވެ.

ރާއްޖެއަކީ ސީވީއެފްގެ މެންބަރު ގައުމެކެވެ. ސީވީއެފްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2009ވަނަ އަހަރުގެ ރާއްޖޭގައެވެ.

އެ ފޯރަމްގެ މައިގަނޑު މަޤްސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ގައުމުތައް އަހުލުވެރިކުރުވުމެވެ. އަދި ތިމާވެއްޓާ ރަހްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް، މެމްބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތް ކުރުމެވެ.