14 Dec 2023, 08:53
"ހިތް ބަލިކުރުވާ ހަތަރު ވިހައިގެ ތެރޭގައި ގޯސް އެކުވެރިން، ގިނައިން ކެއުން، ހަރާމް ބެލުން އަދި ބޭކާރު ވާހަކަދެއްކުން ހިމެނެއެވެ."
***
"އެންމެންވެސް އެނަމާއި ބެހޭގޮތުން ސުވާލުކުރަނީ ކީއްވެބާ..ކުރީ ދުވަހެއްގައިވެސް މީހަކު އައި. ހަމަ ތިހެން ސުވާލުކުރި.."
"އެއި ކާކުތަ؟"
"ނޭގޭ. ދެބައި އުމުރުގެ ފިރިހެނެއް..."
"އޯ..ނަމެއް ނުބުނޭ؟"
"އެހާ ހަނދާނެއްނެތް...."
"އެއީ ކޮން ހައިސިއްޔަތަކުން އައި މީހެއްތޯ ސުވާލު ކުރިންތަ؟ ނޫނީ ކޮންމެ ކޮންމެ މީހަކަށް މިތަނަށް އައިސް މީހުންގެ ކޮންފިޑެންޝަލް އެއްޗިހި ބެލޭތަ؟" މާޒިމް އަށް އަހާލެވުނީ ވަރަށް ހިތް ނުތަނަވަސް ވެ ހުރެއެވެ.
"ނޫން، އެއީ ކޮންމެވެސް ނިއުސް އޭޖެންސީއެއްގެ ފަރާތުން އައި މީހެއް.. ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން އައި ގެއަކުން ދިމާވި އެކްސިޑެންޓަކާއި ގުޅިގެން އެ ބިލްޑިން ގެ ވެރި ފަރާތުގެ މައުލޫމާތުތައް އެއްކުރަމަށްޓަކައި ކަމަށް ބުނީ. އެކަމަކު އެއްވެސް ފަރާތަކަށް ޕޭޝަންޓް އިންފޯ ނުދެވޭނެ އާއިލާގެ ހުއްދަ ނެތި އަދި އެއީ ސެޕެޝަލައިސްޑް ލައިސަންސް ޑޮކްޓަރުންނަށް މެނުވީ. އެމީހާ ވަރަށް ރުންކުރު ގޮތަކަށް ބުނީ ކަލޭމެން ކިތަންމެ ފޮރުވަން އުޅުނަސް މަށަށް އޭނަ ހޯދިދާނެއޭ. އެހެން ކިޔާފަ ދިޔައީ. ވަރަށް އަންޕޮރޮފެޝަނަލް ޖާރނަލިސްޓެއް..."
" އޯ ދެޓްސް ސޯ ސްޓްރޭންޖް. މޭއިބީ ހީ އިޒް އަ ނިއުބީ. އެހެންވެ ކަންނޭނގެ އެގޮތަށް ރިއެކްޓް ކުރީ. އެކަމު އެކްސިޑެންޓަކާ މަންމަގެ ބަލީގެ މައުލޫމާތު ހޯދަން އައުމާ ހާދަ ނުގުޅެއޭ ހިތާ ހިތުން ބުނެވުނަސް މާޒިމްގެ މޫނުމަތިން ނުތަނަވަސް ކަން ފިލުވައިލިއެވެ. އަދި ރީތި ހިނިތުންވުމަކުން އެތާ ނަރުސްކުއްޖަކަށް ފައިލް ގެނެސްދިނުމަށް ބުނެލީ އަތުކުރީ އޮތް ގަޑިއަށް ނަޒަރު ހިންގާލަމުން، ލަސްވެފައި ހުރިކަން ހާމަކުރަމުންނެވެ.
***
"އައުޗް..." ލޮލަށް އެޅިފައި ހުރި އިރުގެ އަލި ދޯދި ތަކުން ލޯ ހުޅުވަން އުނދަގޫ ވެގެންއޮތް ކެނާން ލޯ މަތީ ބާލީސް އަޅައި އަނެެއް ފަރާތަށް މޫނު އަނބުރާލިއެވެ. "ޔަގީނޭ މި މާޒިމްގަނޑުގެ އުނދަގޫކަން މި އީ. ދޮރު ފޮތި ކަހާލާނެ އަރާ އިރާ އެކީ." ކެނާން ހިތާ ހިތުން ކުދި ކިޔާލިއެވެ.
"އޯ ޝްޝްޝް، ފަޖްރް އެ މިސް ވީ" ކެނާން އަވަސް އަވަހަށް ދުއްވައިގަތީ ފާހާނާއަށެވެ. ގައިގަ ހުރި ރިހުން އިހުސާސް ވިޔަސް އަދި މޭމަތީ އިން ރަތް ފިތްގަނޑާއި ދުޅަވެފައި އިން ލޯ، ލޯގަނޑުން ފެނުނު ނަމަވެސް ކެނާން އަވަސް ވެގަތީ ނަމާދު ގަޟާ ކުރުމަށެވެ. ފަޖްރު ގަޟާ ކުރުމަށް ފަހު ދެން އަވަހަށް ފޯނު ކޮށްލީ އުބެއިދް އަށެވެ.
"ކޮބާ، ބްރޯ، ހިނގާ ކޮފީ އަކަށް ޖައްސާލަން. ބުނީމެއްނު މިއަދު ނިދާ ފޯރމުލާ ކިޔައިދޭނަމޭ ހަހަހަހަ "
" އާނ އޯކޭ. އާދޭ ބަލާ ގޯޅި ކަންމައްޗައް. މިއަދު ޖެހޭނެ ތި ނިންޖައް ހައްލެއް ހޯދަން. މަގޭ ނިދި ކޮޅުވެސް ހަލާކު ކޮށްލީވިއްޔާ ރޭގަ. އެކަމު މެންދުރު ނަމާދު ކޮށްލައިގެން ދާނީ މިހާރު ބަންގި ދޭނެ."
ފޯނު ކަނޑާލުމަށް ފަހު ސެންޓު ފުޅި ހުސްވާ ވަރަށް ކަޅު ގަމީހަށް ޖަހާލައިގެން ނިކުތް ކެނާން އަށް ހީވީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނު ހެނެވެ. ވާނީ އެހެން ނޫން ހެއްޔެވެ؟ ސެންޓު ޖަހާލެވުނީ މޭ މައްޗަށް ވިއްޔާއެވެ.
***
އޯ. ލުކް އެޓް ދިސް ހީރޯ….." މަދީނާ ފޯނުން ވީޑިއޯ ކޯލް ކޮށްލައިގެން ހުރި ހުޝާލް އަށް ކެނާން ދައްކާލީ ސޯފާގައި ހުރެއެވެ. "ތުއްތު އަށް އެނގޭތަ ސެންޓުން ފެންވަރާލައިގެންނޭ ކުޑަބެ އެ ނިކުތީ.."
"ހްމްމްމް..ޔަގީން. ކޮންމެވެސް ކުއްޖެއްގެ ވަލީ ހޯދަން އެ ދަނީ.. ހޯޕްފުލީ އަ ގުޑް ނިއުސް އޮން ދަ ވޭއި ……"ހުޝަލް ހިނި ގަނޑެއް ޖަހާލައި އަތުން ވޭވް އެއް ކޮއްލިއެވެ. ރަކި ހިނިތުންވުމެއްގައި ގަމީސް އަތު ކުރި އޮޅާލަން އިން ކެނާންވެސް އަތުން ހަނާ އެޅިއެވެ. "ސްޓޮޕް ބީންގ ސޯ ކްރިންޖް ގާއިސް، އަދި ތިހާ ފަސޭހައިން ކުޑަބެ ނުގެއްލޭނެ..."
ކުޑަބޭ.. ވެއަ އަރ ޔު ގޮއިން؟ މިއަދު އޮފީސް ވެސް ބަންދު ދުވަހެއް ޕަބްލިކް ހޮލިޑޭ އެއްވީމަ. ކޭން އައި ކަމް އެލޯންގ ވިތް ޔޫ އިފް..... ކުއްޖެގެ ވަލީ ހޯދަން ނުދަންޏާ............." މަދީނާ ވަރަށް ލާނެތް ގޮތަކަށް ހެމުން އަހާލިއެވެ. ސަމާސާ މޫޑެއްގައި ހުއްޓަސް އޭނާ ބިރުގަންނަނީ އެކަނި ގޭގަ އިންނަން ޖެހިދާނެތީ އެވެ.
"ކޮބާ މާޒިމް؟" ކެނާން އާ ހުޝާލް އަށް ވެސް އަހާލެވުނީ އެކީގައެވެ.
" ދޮންބެ ވީ ގުރައިދޫއަށް ޕޭޝަންޓަކަށް ވިޒިޓް ކުރަން ގޮސް، ބުނީ އާދެވޭނީ މިރޭ ވަގުތެއްގަ ކަމަށް…."
ކެނާން އަށްވެސް މަދީނާ އެކަނި ބައިންދާފަ ދާން ހިތް ނޭދުނެވެ. ހުޝާލް އަށް އިތުރު ފޯނެއް އަންނާތީ، ފޯނު ބޭއްވީވެސް ހަމަ އެވަގުތެވެ. ކެނާން ހިނދުކޮޅަކަށް ވިސްނަން އިނދެފަ ވަރަށް ނޫން ގޮތަކަށް މަދީނާ ކައިރީ ބުނެލިއެވެ. "އައި ހޭވް އަ ސޮލިއުޝަން. ޔޫ ކޭން ވިޒިޓް ޔޯރ ނެއިބަރ.. އަންޓިލް ކުޑަބެ ކަމްސް......"
ދެ ފައި ވައްކޮށްލައިގެން ތުންދަމާލައިގެން އިން މަދީނާ ގެ ލޯ ވިދާލިއެވެ.އަދި ސޯފާއިން ފުންމާލީ ވަރަށް ޖޯޝުގައެވެ.
" ރިއަލީ އަރ ޔު ޝުއަރ؟ އައި ކޭން ގޯ .....ބަޓް ދޮންބެ އޯ………"މާޒިމް ގެ ތޫނު އިންޒާރު ހަނދާންވެ ފެންކަޅިވާގޮތްވިއެވެ.
ކެނާން އަށް ބަންގީގެ އަޑު އިވެންފެށުމުން އަވަސް އަރުވާލަން ބޭނުންވިއެވެ. "ދެޓް ޔޫ ޑޯންޓް ވޮރީ.. މާޒިމް އަންނަން ވާއިރަށް ވީ ވިލް ބީ ހޯމް…އިޓްސް އަވަރ ލިޓިލް ސީކްރެޓް... އޯކޭއެއްނު…" މަދީނާ ވީ އުފަލެއްގެ ބޮޑުކަމުން ގެއިން ނިކުތީ އެ ހުރި ގޮތަށެވެ. ކެނާން ގެ ފިޔަވަޅުތައް ހަލުވިވެފަ ހުރުމުން މަދީނާ ވަރައް ސީރިއަސް ކޮށް އަހާލިއެވެ."އަސްލުވެސް ކުޑަބެ ތި ދަނީ ކޮންތަނަކަށް"
"ކަނބުލޯ….މިދަނީ ވަރަށް ސްޕެޝަލް ގެއަކަށް އިންވިޓޭޝަން ލިބޭތީ. އަޑު އެބަ އިވެ އެއްނު……"ބަންގީގެ އަޑަށް އަތުން އިޝާރާތް ކޮށްލަމުން ސައިކަލް ދުއްވާލިއެވެ.
މަދީނާ ބެލް ރިންގްކޮށް ސިކުންތެއް ނުވަނީސް އުރުޖުވާން ދޮރު ހުޅުވައިލާ ވަރަށް ބާރަށް މަދީނާގެ އަތުގައި ހިފާ އެތެރެއަށް ދަމާލިއެވެ. އުރުޖުވާންގެ ކަންބޮޑުވެފައިވާ މޫނު ފެނިފައި މަދީނާ ހައިރާންވެ އަހާލެވުނެވެ.
"ވަޓް ހެޕެންޑް ޑިޑް ޔޫ ސީ އަ ގޯސްޓް...އިޓްސް މީ އޭ" އުރުޖުވާން ހެވުނެއް ކަމަކު މަދީނާ ލައިގެން ހުރި ގަޔަށް ބޮޑު ޓީޝާޓުން މަތި ފޮރުވުނަސް ތިރިން ނިވާ ނުވެވި ހުރި ކަން ބުނާފަދަ ގޮތަކަށް ލޯ އަޅާލައި ބޯ ހޫރާލިއެވެ. މަދީނާ އަށް ބުނަން އުޅޭ އެއްޗެއް ދޭހަނުވާ ފަދަ ގޮތްވުމުން އަހާލިއެވެ.
" ވަޓް.. އިސް ސަމްތިންގ ރޯންގް؟އެނީވޭ އުރުޖް ހެޕީ އެއް ނުވޭތަ މިގެއަށް ވިޒިޓް ކުރަން އައީމަ...އައި ކޭމް ޓު ސްޕެންޑް ސަމް ކުއެލިޓީ ޓައިމް ވިތް މައި ލޯންގް ލޮސްޓް ސިސްޓަރ" މަދީނާ އެހެން ކިޔަމުން އުރުޖުވާންގެ އަތުގައި އޮޅުލަމުން ހިނގައިގަތީ އަވަހަށް ސޯފާގަ ޖައްސާލެވޭތޯއެވެ.
އުރުޖުވާން އަށް މަދީނާގެ މައުސޫމު ކަމާއި ޅަ މިޒާޖުގެ ސަބަބުން ވަރަށް ހެވޭ ގޮތް ވިއެވެ. ސޯފާގަ އިށީންނަން އުޅުމުން ނަމާދު ކޮށްގެން އައިސް އިތުރު ވާހަކައެއް ދައްކާނީ ކަމަށް ބުނެ އަވަހަށް ކޮޓަރިއަށް ހިނގައިގަތެވެ. އޭރު މަދީނާ ވަރަށް ހާސްކަންބޮޑު ގޮތަކަށް ބުނެލީ ނަމާދަށް ނޭރޭކަމަށެވެ. ނަމަވެސް ހަގީގަތަކީ ނަމާދުކުރަން ނޭނގޭ ކަމެވެ. މަދީނާ ވަރަށް ގަޔާ ވެގެން ބަލަހައްޓައިގެން ހުރެވުނީ އުރުޖުވާން ނަމާދަށް ތައްޔާރުވަމުންދާ ގޮތް ފެނިފައެވެ.އެ މަންޒަރު ދުށް މީހަކަށްވެސް ހިތައް ފިނިކަމެއް ލިއްބައިދޭނެއެވެ. ވަރަށް ރީތި ގަޔަށް ދޫ ވިދާ ރަން ކުލައިގެ އެސްތަކެއް ޖަހާފައިވާ މުށި ކުލައިގެ އަބާޔާއަކާއި ހަމަ އެ ކުލައިގެ ކުޑަ ވިދުން ކަމެއް ހުރި ބޮޑު ބުރުގަލެއް އަޅައިގެން ހުރި އުރުޖުވާން ހީވަނީ ޕްރިންސެސް އެއް ހެންނެވެ.ހަމުގެ ކުލަ އިތުރަށް އޮފް އަރާ ބަބުޅާލި އެވެ. އަދި އަނދުން އަޅާފައިވާ އެ އެސްފިޔަތައް ދިގު ލޮލުގެ ކަޅި އިތުރަށް ތޫނު ވެއްޖެއެވެ. އުރުޖުވާން އަށް ބަލައިލާ ކޮންމެ މީހަކަށް އެންމެ ފުރަތަމަވެސް އަޅައިގަންނާނީ އެ ހިތްގައިމު ދެ ލޮލުގެ ނިޔަނެތި ކަމެވެ. އަދި ރަން ކުލައިގެ ދޫލައެއް އަޅައިލާފައިވާހެން ހީވާ މުސައްލަ ހުޅުވައިލުމުން މުޅި އެ ތަން އެއްވަސް ކޮށްލައިފައި ހުރި މީރުވަހުން ހީވަނީ ބަގީޗާއެއްގެ ތެރޭ ހުރެވުނީ ހެންނެވެ.އުރުޖުވާން ނަމާދު ފެށުމުގެ ކުރިން މަދީނާ ބުނެލިބަސް އިވުނެއް ކަމަކު ނަމާދައް ޚުޝޫއަތްތެރިވުމުގެ ގޮތުން ފަހުން އެހެން ބުނީ ކީއްވެތޯ ސުވާލު ކުރަން ފަސްކޮށްލިއެވެ.
***
"ތި ދިމާވާ ކަންތައްތަކަށް ކިޔަނީ އަލް ޖަތުމް. އެއީ މީހާ އަށް ނިދީގައި އޮންނައިރު ޖިންނިން ކުރާ ގޯނާ...ތީގެ ވެސް ދެވައްތަރެއް ހުރޭ، މާ ގިނައިން އެކަމަކު ތިކަން ދިމާވަންޏާ އެއީ ސިހުރު ކަމެއް..... ރުޤްޔާ ކޮށް ޗެކް ކުރަން މަށަށް ފެންނަނީ....." ކޮފީ ތަށި އަނގައިގެން ޖައްސަމުން އެބެއިދު ބުނެލިއެވެ.
"އާނ އަސްލު މިކަންތައް ފެށުނީ ކުޑައިރު ...އެކަމް މިހާ ގިނަ ގިނައިން ދިމާ ނުވޭ....އަދި ލަންޑަންގައި ކިޔަވަން ހުރި ދުވަސްކޮޅު ވަރަށް އުނދަގޫ ނުވޭ... ރާއްޖެ އައި ފަހުން ބޮޑަށް މިކަންތަކާ މިލައިގަތީ. އަހަރެންވެސް ބޭނުން ރުޤްޔާ ސެޝަންއެއް. މިކަމުގެ އަސްލު ހޯދަން... އެކަމަކު މަގޭ ބޭބެމެން ވަރަށް ދެކޮޅުވާނެ މިކަމާއި، އަބަދު ބުނާނެ ނަފްސާނީ ކަންކަމޭ އެއީ..."
ނަފްސާނީ ކަންތައްތައް ވެސް ހުރޭ އެކަމަކު ޤުރުއާނަކީ ޝިފާއެއް، އަހަރެން ދެކޭގޮތުގަ ހުރިހާ ކަމެއްގެ ހައްލު ޤުރުއާނާއި ސުންނަތުގެ އަލީގައި ހޯދޭނެ... ގިނަ މީހުން ގަބޫލު ނުކުރިޔެއްކަމަކު.. ރުޤްޔާ ސެޝަން އެއް ޖެއްސިދާނެ އެކަމަކު އަހަރެން މިދަނީ ދެ ދުވަސް ވަރަށް ގުރައިދޫއަށް... އައިއްސަ ވީ ކޭން ޓްރައި.... އެނޑް ޕްލީޒް ޑޯންޓް އީވެން ތިންކް އެބައުޓް ގިވިން އެނީ މަނީ..."
ކެނާން ބޯ ޖަހައިލީ ވަރަށް ހިތްހަމަޖެހިލައިގެން ހުރެ އެވެ. "އާނ އޯކޭ އެކަމު ބުނީމެއްނު ދުޢާ ގަނޑުތަކެއް ދޭނަމޭ..."
"އާނ އޭގެ ޕީޑީއެފް އެއް ފޮނުވަދޭނަން، ހެނދުނާއި ހަވީރު އެ ޒިކުރުތައް ކިޔުން ވަރަށް މުހިންމުވާނެ އަދި ފެނަށް ކިޔަވާ އެއްޗިހި ކިޔަވައި އެ ގައިގަ ހާކައިގެން ނިދަން ވާނީ.... ވަރަށް ކެތްތެރިވާން ވާނެ މި ޕްރޮސެސް ގަ.. އިބްލީސް ކަލޭގެ އުނދަގޫ ކުރާނެ އެކަމު ﷲ ގެ ހަނދުމައިން ސާބިތުވީ ވަރަކަށް އޭނަގެ ސުންޕާކަން ދަށްވާނެ...."
"ތޭންކްސް އަ ލޮޓް... އައި ވިލް ޓްރައި މައި ބެސްޓް...."
***
"މިއީ ހާދަ އާ ފައިލް އެކޭ. ކީއްވެބާ ތާރީހުގަ 2023 އިނީ.. ހަމަ ގައިމުވެސް މި އަހަރަކު މަންމަ މި ތަނުން ފަރުވާ ހޯދާފަ ނުވާނެ ... ވެދާނެ ފައިލް ކުރެވުނު ތާރީޚް ކަމަށްވެސް. "
ނަބީލާ އަކީ ނަން މަޝްހޫރު މޮޔައެއްގެ ކުރިން އާރޓިސްޓެކެވެ. އޭނާގެ ބަލީގެ އަސަރުތައް އެންމެ ބޮޑަށް ހާމަ ވަމުންދަނީ ފަހުން ކުރަހަމުން އައި ކުރެހުންތަކުންނެވެ. ތެރަޕީ ސެޝަން ތަކުގައި ކުރަހާފައި ހުރި ކުރެހުންތައް ފައިލްއިން ބަލާލަމުން މާޒިމްގެ ލޮލުގަ އަޅައިގަތީ ކަޅިރަވަ ތޫނު އެސްފިޔަ ތައް ދިގު ލޮލެއްގެ ކުރެހުމެވެ.
"ދީޒް ޑޯ އައިސް.. އައި ހޭވް ސީން ސަމްވެއަރ...ވައި ޑޫ އައި ފީލް ލައިކް އައި ނޯ ........ " އެ ކުރެހުމުގެ ކައިރީ ލިޔެފަ އިން އަކުރުން މާޒިމް އަށް ލިބުނު ސިހުމުގައި ފައިލް އަތުން ދޫ ނުވީ ކިރިޔާއެވެ. އެ ގަނޑުގެ އެއްބައި ކަނޑާލެވިފައިވާ އިރު ލިޔެފައި އިން ލިޔުމުގެ ތަންކޮޅެއްގައި އިނީ "ފޮގިވް މީ ސިސްޓަރ... އައި ކުޑުންޓް ސޭވް......" މިހެން އެކަންޏެވެ. މާޒިމް އިތުރަށް އެލިޔުމުގެ ބައިތައް ހުރިތޯ ބަލަން ފައިލް ހާވަން ވަރަށް ވިސްނުންތެރި ކަމާއެކު ގޮނޑީގައި ހަމަޖެހިލިއެވެ. މާޒިމް ގެ ހިތަށް އުނދަގޫ ކިތަންމެ މަންޒަރެއް އެ ފައިލުގައި ހުރި ކުރެހުންތަކުން ފެނުނު ކަމުގައި ވިޔަސް ހައިރާންވެފަ އިނީ ބައެއް ކުރެހުންތަކުގެ ތާރީޚަކަށް މި ދިޔަ މަހުގެ ތާރީޚު ޖަހާލާފައި ހުރުމުންނެވެ.
***
ހުޝަލް އަށް އައި ފޯނު ނެގީ ވަރަށް ކަރުކަހައިލާ ފުން ނޭވާއެއްލަމުންނެވެ.
"ހާއި މެހެކް. ވަޓް އަ ޕްލެޒެންޓް ސަޕްރައިޒް…އަފްޓަރ ފައިވް ލޯންގް އިޔަރސް. މިއަދު ކީއްވެ ކުއްލިޔަކަށް ތި ގުޅާލީ. އައި ތޯޓް އައި ވިލް ނެވަރ ހިއަރ ފްރޮމް ޔޫ… ސިންސް ވީ ބްރޯކް އަޕް...." ބޭއިޚުތިޔާރުގައި ހުޝާލް އަށް ހިތުގައި އޮތް ހުރިހައި އެއްޗެއް ކިޔާލެވުނެވެ.
"ހުޝާލް…..އަސްލު މި ގުޅާލީ....... ހުޝާލް......އަމް އަމް......" މެހެކް އަށް ބުނަން އުނދަގޫ ވާ ކަހަލަ ގޮތެއް ވިއެވެ.
"ޔެސް ، ޓެލް މީ،ޕްލީޒް... " ކެތްމަދު ވެފައިވާ ޚުޝަލް އަށް އަހާލެވުނެވެ.
"ދިސް އިސް ސަމްތިންގޱޑިފިކަލްޓް ޓު ސެއި ބަޓް އައި މެޓް އަންކަލް ނާޝް އެންޑް....."
"ވަޓް..... އަރ ޔޫ ކްރޭޒީ މެހެކް ބިންތް އަޙްމަދް.. މިހާ ދުވަސް ކޮށްފަ ތިގުޅީ އޭނަގެ ވާހަކަ ފަށަންތަ.... އޭނަ ބުނެގެން ދޯ ތި ގުޅީވެސް....ޱޑޯންޓް ޔޫ ނޯ ހައު މަޗް އައި ހޭޓް ހިމް........... ހީ ލެފްޓް މައި ލައިފް..ޖަސްޓް ލައިކް މެނީ އަދަރސް އިން މައި ލައިފް. މާޒިމް ލައްވާ ވާހަކަ ނުދެއްކުނީމަ މިހާރު މެހެކް ލައްވާ.....އޭނަ ކައިރީ ބުނޭ ޓު ސްޓޭ އައުޓް އޮފް މައި ލައިފް އޭ......"ހުޝަލް ވަރަށް ރުޅި އައިސް ބަނދިވަރެއް ކިޔައިލީ މެހެކްގެ ޖުމްލަ ފުރިހަމަ ނުވަނީސްއެވެ.
"ނޯ، ލިސްން ޕްލީޒް....،މިހާ ދުވަސް ކޮށްފަ އެހެންނޫން ނަމަ ހުޝަލް އަށް ……"
މެހެކްއަށް ވާހަކަ ނިންމާނުލެވެނީސް ހުޝަލް އޭނާގެ ޒަޚަމްވެފައިވާ ހިތް އިތުރު ތީރަކުން ސަލާމަތްކުރުމަށް ފޯނު ކަނޑާލިއެވެ. ފޯނާ އެކީ އަތް މުއްކަވާލެވުނު ނަމަވެސް ފޯނަށް އައި ނޯޓިފިކޭޝަން ހުޅުވައިލުމުން ހީވީ ބިންގަނޑު ފައިން ދަމައިގެން ދިޔަ ހެންނެވެ.
ނުނިމޭ