ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އެފްގައި އޭސީ މިލާނާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މިލާނުން ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ޕްލޭ އޮފް ޖާގައެއް ކަށަވަރުކޮށްފިއެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗު މިލާނުން ކާމިޔަބުކުރީ ފަހަތުން އަރައއި 1-2ގެ ނަތީޖާއަކުންނެ.

މި މެޗުން މޮޅުވިނަމަ ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބުމުގެ ފުރުސަތު އޮތް ނިއުކާސަލަށް މި މެޗު ނާކާމިޔަބުވުމުން ވަނީ ޔޫރަޕްގެ މުބާރާތްތަކަށް އަލްވަދާއު ކިޔަން ޖެހިފައެވެ.

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 33ވަނަ މިނެޓްގައި ނިއުކާސަލުން ޖަހައި ލީޑު ނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯލިންޓަންއެވެ. ނަމަވެސް މި މެޗުގެ ދެވަނަ ހާފުގައި މެޗުގެ 59ވަނަ މިނެޓްގައި މިލާނުން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕިލިސިޗްއެވެ. މި ލަނޑާއެކު މި މެޗުން މޮޅުވުމަށް ކުރަމުންދިޔަ މަސައްކަތް ދެ ޓީމުން ވެސް އިތުރު ކުރިއެވެ.

އެއާއެކު މެޗުގެ 84ވަނަ މިނެޓްގައި މިލާނުން އުފެއްދި ކައުންޓާ އެޓޭކެއްގައި އެ ޓީމްގެ ސެމިއުލް ޗުކްވުއޭޒޭ ޖަހައިދިން ލަނޑާއެކު މި މެޗުގެ ލީޑު މިލާނުން ނެގިއެވެ. ނިއުކާސަލުން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް މެޗު ނިމިގެން ދިޔައީ މި ނަތީޖާއަށް އިތުރު ބަދަލެއް އައިސްއެވެ.

މިމެޗުން މޮޅުވުމާއެކު މިލާން ވަނީ ކުޅުނު ހަ މެޗުން ލިބިފައިވާ އަށް ޕޮއިންޓާއެކު ދެވަނައަށް ދިޔަ ޕެރިސް ސެއިންޓް ޖާމެއިން އާއި އަރާ ހަމަކޮށްފައެވެ.

ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ޕީއެސްޖީއަށް ކުރި ލިބޭތީ މިލާން ދިޔައީ ތިންވަނައަށް އަށެވެ. ނިއުކާސަލުން މިފަހަރުގެ ޗެމްޕިއަންސް ލީގު ވަރަށް ފޯރިއާއެކު ފަށައި ޕީއެސްޖީ ވެސް ބޮޑު ތަފާތަކުން ބަލިކުރި ނަމަވެސް ގްރޫޕް މަރުހަލާ ނިންމައިލީ ފަސް ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައި އޮވެގެންނެވެ.