14 Dec 2023, 15:28
ޔޫޓިއުބުގައި ހުންނަ ވީޑިއޯތަކަށް ދިވެހި ބަހުން، އޮޓޮމެޓިކް ސަބްޓައިޓަލްސް މިހާރު އަރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެހެން ކަމުން މިހާރު ޔޫޓިއުބް ވީޑިއޯތައް ބަލާއިރު ސަބްޓައިޓްލްސްއަށް ގޮސް ދިވެހި ބަސް ނެގުމުން، އެ ވީޑިއޯގައި ދައްކާ ވާހަކަ ތާނައިން އަރަމުން ދެއެވެ.
ވީޑިއޯ ކްރިއޭޓަރުންނަށް މެނުއަލްކޮށް ވީޑިއޯތަކަށް ދިވެހި ސަބްޓައިޓަލްތައް ކުރިން ވެސް އިތުރުކުރެވެއެވެ. މި ބަދަލާއެކު އޮޓޮމެޓިކުން ދިވެހި ސަބްޓައިޓްލްސް އެރުވޭނެއެވެ.
މިއާއެކު ޔޫޓިއުބްގެ ބޮޑު ވީޑިއޯ ލައިބްރަރީ ރާއްޖޭގެ ގިނަ ބެލުންތެރިންނަށް ވަރަށް ބޮޑަށް ހުޅުވިގެން ދާނެއެވެ. ހާއްސަކޮށް ދަރިވަރުންނާއި، ސަބްޓައިޓަލްތަކަށް ބަރޯސާވާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިކަމުގެ ސަބަބުން ހާއްސަ ފައިދާތަކެއް ލިބޭނެއެވެ.
އޮޓޮމެޓިކް ސަބްޓައިޓަލްތަކުގައި ބޭނުންކުރަނީ ދިވެހި ބަހުގެ ފޮނެޓިކް އަދި ވޮކަބްލަރީ ޕެޓާންތަކަށް ހާއްސަކޮށް ތަމްރީނުކޮށްފައިވާ ސްޕީޗް ރިކޮގްނިޝަން މޮޑެލްތަކެވެ. ޔޫޓިއުބުން ބުނީ ސަބްޓައިޓަލްތަކަކީ މުޅިން ސައްހަ ސަބްޓައިޓަލްތަކެއް ނޫން ކަމަށާއި ޒަމާނާ އެއްގޮތަށް ޓެކްނޮލޮޖީ އޮޕްޓިމައިޒް ކުރަމުން އަންނަ ކަމަށެވެ. އަރާ ސަޕްޓައިލްޓަލްތައް ގޯސްނަމަ ރަނގަޅުކޮށް ފޮނުވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައި އޮވެއެވެ.
މިހާރު 5000 އަށް ވުރެން ގިނަ ބަހުން ޔޫޓިއުބަށް ސަބްޓައިޓްލްސް އެރުވެއެވެ.
ސަބްޓައިޓްލް ދިވެހި ބަހަށް ބަދަލުކޮށްލުމަށް ފުރަތަމަ ވީޑިއޯއެއް ޕްލޭކޮށްލާށެވެ. ދެން ސެޓިންއަށް ގޮސް ސަބްޓައިޓްލްއަށް ކްލިކްކޮށްލާށެވެ. އޭގެ ފަހުގައި އޮޓޯ ޓްރާސްލޭޝަން ނެގުމަށްފަހު ދިވެހި ސެލެކްޓް ކޮށްލާށެވެ.