ދިރާގުން އާ އަހަރާ ދިމާކޮށް ޚާއްސަ އޮފާތަކެއް ލޯންޗުކޮށްފިއެވެ.

އާ އަހަރަށް މަރުހަބާ ކިޔުމާއި އުފާ ފާޅުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން ދިރާގުންވަނީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ޚާއްސަ އޮފާތައް ފަރުމާކޮށްފައެވެ.

މީގެ ތެރޭގައި:

  • ސަޅި އެނުއަލް އަދި ސަޅި 180 ޑޭސް ޕްރޮމޯ

  • ލިމިޓްލެސް ސޯޝަލް މީޑިއާ
  • ހިލޭ މައިފައި ޑިވައިސް

ދިރާގުން ބުނި ގޮތުގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އެންމެ 2024 ރުފިޔާއަށް ސަޅި އެނުއަލް އަދި ސަޅި 180 ޑޭސް ސަބްސްކްރައިބް ކުރެވޭނެއެވެ.

އެގޮތުން ސަޅި އެނުއަލް ޕްލޭނާއެކު ކަސްޓަމަރުންނަށް 365 ދުވަހަށް ދުވާލަކު އެއް ޖީބީ ލިބޭއިރު، ސަޅި 180 ޑޭސް ޕްލޭނާއެކު ދުވާލަކު ހަތަރު ޖީބީ، 180 ދުވަހަށް ލިބޭނެކަމަށް ދިރާގުން ބުނެއެވެ.

ޕްރީޕެއިޑް ކަސްޓަމަރުންނަށް މި އެޑްއޮންއާއެކު އެންމެ 24 ރުފިޔާއަށް ލިމިޓްލެސް ސޯޝަލް މީޑިއާ، 24 ގަޑިއިރަށް ލިބޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ދިރާގުން ވަނީ މޮބައިލް ބްރޯޑްބޭންޑް 749 ނުވަތަ މަތީ ޕެކޭޖަށް އަލަށް ސަބްސްކަރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސެއް ދިނުމުގެ ޕްރޮމޯޝަނެއް ވެސް ފަށައިފައެވެ.

ދިރާގު އެޕްމެދުވެރިކޮށް ކަސްޓަމަރުންނަށް އާ އަހަރުގެ ލިމިޓެޑް ޓައިމް އޮފާތައް ފަސޭހަކަމާއެކު އެކްޓިވޭޓް ކޮށްލެވޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 31ގެ ނިޔަލަށެވެ.

މީ ގެއިތުރުން އައު އަހަރުގެ ޕްރޮމޯގެ ދަށުން ދިރާގު އެލީޓް ކްލަބުގެ މެމްބަރުންނަށް މިހު 31އިން ޖެނުއަރީގެ ފުރަތަމަ ދުވަހުގެ ނިޔަލަށް އެސްޓްރިއާ ވެލްނެސް ސްޕާ، ފުޓްރެސްޓް ސްޕާ އަދި ރިވެލި ބީޗު ކްލަބް އެންޑް ރެސްޓޯރެންޓުން ޚާއްސަ ޑިސްކައުންޓްތަކެއް ލިބޭނެކަމަށް ދިރާގުން ބުންޏެވެ.