22 Dec 2023, 20:57
އައްޑޫ ސިޓީގައި، މޫދަށް އެރި އުޅެނިކޮށް ރޭ، ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ނައިޝް ނަސްރު (ނައްޔު)ގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަށް އެހީތެރިވުމަށް މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ ބޯޓެއް ބޭނުންކުރަން ފަށަައިފިއެވެ.
އެ އެކެޑަމީން ބުނީ އެމްއެންޑީއެފަށް އެހީތެރިވުމުގެ ގޮތުން އެ އެކެޑަމީގެ މަތިންދާ ބޯޓެއް ވެސް އޮޕަރޭޝަންގައި ހަރަކާތްތެރިިވަމުން އަންނަކަމަށެވެ.
މިއީ މިފަދައިން އެމްއެންޑީއެފް ޑޯނިއާގެ އިތުރުން، މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ ބޯޓެއް ބޭނުންކުރި ފުރަތަމަ ފަހަަރެވެ.
ނާއިޝް ހޯދުމުގެ މަސައްކަތް އަދިވެސް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ. ނަމަވެސް އަދި ހޯދުމަށް ބެލީ ކިހާ ބޮޑު ސަރަހައްދެއް ކަމެއް ނުބުނެއެވެ.
އެމްއެންޑީއެފުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ގަމުގެ ފުއްޓަރު ފަރާތް ބަލައި ހޯދުމަށް މިއަދުގެ ހެނދުނު 10:25އިން ފެށިގެން ސިފައިންގެ ޑައިވަރުންގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި، ފުލުހުންނާއި ރަށުގެ އާންމުން ގުޅިގެން އަންނަނީ ހޭޅިފަށް ވެސް ބަލަމުންނެވެ. އެކަމަކު، މިހާތަނަށް ނައްޔުގެ ހިލަމެއް ވެފައެއް ނުވެއެވެ.
އާއިލާއިން ބުނީ، މިވަގުތު ގްރޭޑް 12ގައި ތައުލީމް ހާސިލުކުރާ ނައްޔުއަކީ މަޑުމައިތިރި ބަސްއަހާ ކުއްޖެއް ކަމަށެވެ. އޭނާއަކީ މޫދަށް ވެސް ގަދަ ކުއްޖެއް ކަމަށް އާއިލާއިން ބުންޏެވެ. އޭނާއަކީ އެ އާއިލާގައި ހުރި އެންމެ ބޮޑު ފިރިހެން ކުއްޖާއެވެ. ދެން ހުންނަނީ އަންހެން ކުއްޖެކެވެ.
މި ވަގުތު މުޅި އައްޑޫގައި ވަނީ މާޔޫސްކަމާއި ހިތާމައެވެ. އެންމެންގެ ދުއާއަކީ ހެޔޮ ހާލުގައި ނައްޔު ފެނުމެވެ.