29 Jan 2024, 20:43
އަންނަ ބުރާސްފަތި ދުވަހަކީ ވެމްކޯގެ އަހަރީ ދުވަހަށްވާތީ, އެ ދުވަހު މާލެ ސަރަހައްދުގައި ޚިދުމަތް ދިނުމަށް ތަފާތު ގަޑިތަކެއް ހަމަޖައްސައިފިއެވެ.
ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންނަ ބުރާސްފަތި ދުވަހު ވެރިރަށް މާލެގެ ޓްރާންސްފާ ފެސިލިޓީތަކުން ކުނިނެގުމުގެ ޚިދުމަތާއި ޑިސްޕޯސަލް ސައިޓުތަކުގެ ޚިދުމަތް ދިނުމަށް ވަކި ގަޑިތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން މާލެ ހައުސްހޯލްޑް ކަލެކްޝަން އާންމުކޮށް އޮންނަނީ ހަވީރު 18:00އިން 23:00އަށް ނަމަވެސް ބުރާސްފަތި ދުވަހު އެ މަސައްކަތް ކުރިއަށްގެންދާނީ މެންދުރު 14:00 އިން ހަވީރު 17:00އަށެވެ.
މީގެ އިތުރުން ވެމްކޯއިން އެ ދުވަހު ޚިދުމަތް ފޯރުކޮށްދޭން ކަނޑައަޅާފައިވާ ގަޑިތަކަކީ:
މާލެ ވޭސްޓް ޓްރާސްފާ ސްޓޭޝަން: ހެނދުނު 8:00 އިން ހަވީރު 17:00އަށް
- ކޯލް އެންޑް ޕިކަޕްގެ ޚިދުމަތްތައް: ހެނދުނު 9:00 އިން ހަވީރު 16:00އަށް
- ހުޅުމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: ހެނދުނު 8:00 އިން ހަވީރު 17:00އަށް
- ހުޅުމާލެ ހައުސްހޯލްޑް ކަލެކްޝަން: މެންދުރު 12:00 އިން ހަވީރު 17:00އަށް
- ފޭސް ދޭއް ހުޅުމާލެ ހައުސްހޯލްޑް ކަލެކްޝަން: ހެނދުނު 7:00 އިން ހަވީރު 15:00އަށް
- ވިލިމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: ހެނދުނު 8:00 އިން ހަވީރު 17:00އަށް
- ވިލިމާލެ ހައުސްހޯލްޑް ކަލެކްޝަން: މެންދުރު 14:00 އިން ހަވީރު 17:00އަށް
- ތިލަފުށި ޑިސްޕޯސަލް ސައިޓް: ހެނދުނު 8:30 އިން ހަވީރު 17:00އަށް
ވެމްކޯއިން މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ކުނިނެގުމުގެ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.