ބޮލީވުޑްގެ ފިލްމު "ސިންގް އިޒް ބްލިންގް"ގެ ބަތަލާ އެމީ ޖެކްސަން ލޯބިވެރިޔާ އެޑް ވެސްޓިކްއާއެކު އެންގޭޖްވެފައިވާކަން އިއުލާނުކޮށްފިއެވެ.

މަޝްހޫރު އެމެރިކަން ޓީން ޑްރާމާ "ގޮސިޕް ގަލް"ގެ އެކްޓަރު އެޑް ވެސްޓިކްއާ އެމީ އެންގޭޖްވެފައި ވަނީ ސުވިޒަލޭންޑްގައެވެ. ސްވިޒަލޭންޑްގައި ޗުއްޓީ ހޭދަކުރަމުންދާކަން ހާމަކޮށް އެމީ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ، ލޯބިވެރިޔާ އެޑްގެ ފަރާތުން ކުރިމަތިކުރުވި ބޮޑު ސުވާލަށް އާނބަސް ބުނެފައިވާ ކަމަށެވެ.

އެމީ ޖެކްސަން ފިލްމު "ސިންގް އިޒް ބްލިންގްް"ގެ ޕްރޮމޯޝަންތެރޭ -- ފޮޓޯ އިންޓަނެޓް

ފިލްމު "އެކް ދިވާނާ ތާ" ފަދަ ފިލްމުތަކުން ފެނިފައިވާ އެމީއާއި އެޑް ވެސްޓިކް އެންމެ ފުރަތަމަ ބައްދަލުވެފައި ވަނީ 2021ވަނަ އަހަރުގެތެރޭ ފިލްމު ފެސްޓިވަލްއަކުންނެވެ. ދެ ތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކައާ އެކު ކައިވެނި ކުރަން އުޅޭކަމުގެ އަޑުތައް ތުންތުން މަތިން އިވުނު ނަމަވެސް ލޯބިވެރިންގެ ގޮތުގައި ރަސްމީކޮށް ދެ މީހުން އާއްމުންގެ ތެރެއަށް ނުކުތީ 2022ވަނަ އަހަރު ތެރޭގައެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 15 އަހަރުން ފެށިގެން މަސައްކަތްކޮށްފައި ވަނީ މޮޑެލިންގް ދާއިރާގައެވެ. އެމީ، ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތް ކުރަން ފަށާފައިވަނީ 2010ވަނަ އަހަރުން ފެށިގެންނެވެ. އެމީ ބޮލީވުޑްގެ ފިލްމުތަކާ ދުރުވެފައި ވަނީ 2015ވަނަ އަހަރު އިނގިރޭސިވިލާތުގެ މަޝްހޫރު ވިޔަފާރިވެރިޔަކާ އެކު ލޯބީގެ ގުޅުން އުފެދި ދިރިއުޅުން އިނގިރޭސިވިލާތަށް ބަދަލުކުރުމާ ގުޅިގެންނެވެ. ދެ މީހުންގެ ގުޅުމަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު އެމީއާ އެންޑްރެސް ނަމަކަށް ކިޔާ ޒުވާން ވިޔަފާރިވެރިޔާގެ ގުޅުން ނިމުމަކަށް އައީ 2022ވަނަ އަހަރުއެވެ.

އިނގިރޭސިވިލާތުގެ ފެޝަން ޝޯތަކުންނާއި ކާންސް ފިލްމު ފެސްޓިވަލްއިން ކޮންމެ އަހަރަކު ވެސް ފެންނަ ބަތަލާ ލޯބިވެރިޔާ އެޑްއާ އެކު ލޯބީގެ އާ ސޮފްހާއެއް ފަށަން ތައްޔާރުވެފައިވާއިރު ދެ މީހުން ކައިވެނި ކުރަން ނިންމި ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.