މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު، މާލޭ މޭޔަރުކަމުގައި ހުންނަވައިގެން މާލޭގެ މަގުތަކުން ހަތަރު ފުރޮޅުލީ އުނޅަދުތައް ޕާކުކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ޕާކިން ޖާގަތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅެމުގެ ފުރުސަތު އިއްޔެ މާލެ ސިޓީ ކައުންސިލުން ހުޅުވައިލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މާލެ ޕާކިން ސްލޮޓަކާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ މި ފެށޭ މަހުގެ ފަހެއްގެ ނިޔަލަށް އެ ފުރުސަތު ހުޅުވައިލެވިފައިވާ ކަމަށެވެ.

އަދި ޕާކިން ސްލޮޓް ލިބުނު މެސެޖަށްފަހު އިތުރު މުއާމަލާތެއް ނުކުރާ ފަރާތްތަކާއި ޕާކިން ސްލޮޓް ލިބުނުކަން އެންގުމަށްފަހު އެއްބަސްވުން ނަހަދާ ފަރާތްތަކުން ކައުންސިލަށް އެންގުމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ޕާކިން ޖާގަތަކާމެދު ޝަކުވާތައް ހުށަހަޅާނީކައުންސިލްގެ ވެބްސައިޓުގައިވާ ޕޯޓަލްމެދުވެރިކޮށް ކަމަށެވެ.

މާލެގެ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކު ކުރުމަށް ބައިވަރު ޖާގަތައް ކުއްޔަށް ދޫކޮށްފަވެއެވެ. އެހެންވުމާއި، އަދި މާލެގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ޕާކިން ޖާގަތައް ހޯދުމަށް ދަތިވެއެވެ.

ނުގަވައިދުން މަގުގެ ދެފަރާތުގައި ޕާކު ކުރުމުގެ މައްސަލަ ވެސް އާންމެވެ. އެގޮތުން މިމަހުގެ ތެރޭގައި ކުރިމައްޗާއި އުސްފަސްގަނޑު އޮތީ ވެހިކަލްތަކުން ފުރާލާފައެވެ.