ޗައިނާގެ ހިލޭ އެހީގެ ދަށުން ފަސް ރަށެއްގައި އިޔާދަކުރަނިވި
ހަކަތައިން ބޭނުންކުރާ ޑީސަލިނޭޝަން ޕްލާންޓްތަކެއް ގާއިމުކޮށް މިއަދު ސަރުކާރާ ހަވާލުކޮށްފިއެވެ.

މި ޑީސަލިނޭޝަން ޕްލާންޓްތައް ގާއިމުކޮށްފައިވަނީ ރ. އަލިފުށ،ި ޅ. އޮޅުވެލިފުށި، ހއ. ކެލާ، ގއ. ދާންދޫ އަދި ކ. ކާށިދޫގައެވެ. މި ފަސް ރަށުގައިވެސް ހަރުކޮށްފައިވަނީ ދުވާލަކު 200 ޓަނުގެ ފެން އުފެއްދޭ ޑީސަލިނޭޝަން ޕްލާންޓަކާއި KW200 ސޯލާ ޕެނަލެކެވެ.

ޗައިނާގެ ހިލޭ އެހީގެ ދަށުން 5 ރަށެއްގައި އިޔާދަކުރެނެވި
ހަކަތައިން ބޭނުންކުރާ ޑީސަލިނޭޝަން ޕްލާންޓްތަކެއް ޤާއިމުކުރަނީ---ފޮޓޯ/އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ނަމަވެސް ކ. ކާށިދޫގައި ހަރުކޮށްފައިވަނީ ދުވާލަކު 200 ޓަނުގެ ފެން އުފެއްދޭ ޑީސަލިނޭޝަން ޕްލާންޓަކާއި KW100 ވިންޑް ޓާބައިންގެ އިތުރުން KW100 ސޯލާ ޕެނަލެކެވެ.

އެ ރަސްމިއްޔާތުގައި ލިޔެކިޔުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑޮކްޓަރު ޢަބްދުالله މުއްޠަލިބްއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވޮން ލީޒިންއެވެ.