އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސްއާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒާސް ބައްދަލުކުރި މެޗު ނަގެޓްސްއިން ކާމިޔާބުކޮށްފިއެވެ.

ޑެންވާގެ ބޯލް އެރީނާގައި ކުޅުނު މި މެޗު ނަގެޓްސްއިން ކާމިޔާބުކޮށްފައިވަނީ 120 ޕޮއިންޓުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ކުއާޓަރުގައި ނަގެޓްސްއިން 13 ޕޮއިންޓްގެ ލީޑެއް ނެގިފަހުން މި މެޗުގައި އެ ޓީމު ފަހަތަށް ގޮސްފައެއް ނުވެއެވެ.

މި މެޗުގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 27 ޕޮއިންޓު ހޯދައިދީ 22 ރީބައުންޑް ނަގައިދީ 12 އެސިސްޓްކޮށް ޓްރިޕްލް ޑަބަލްއެއް ހަދައިފައެވެ. މިއީ އެންބީއޭ މޯސްޓް ވެލުއެބަލް ޕްލެޔާގެ މަގާމް ދެ ފަހަރު ހޯދައިފައިވާ ޔޮކިޗް މި ސީޒަންގައި ޓްރިޕްލް ޑަބަލް ހެދި 15ވަނަ މެޗެވެ.

މި މެޗުގައި ޓްރެއިލް ބްލޭޒާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ ދެ އެސިސްޓް ދިން ސްކޫޓް ހެންޑަސަންއެވެ.

މި މުބާރާތުގައި އޮކްލޮހޯމާ ސިޓީ ތަންޑާއާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗު 126 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބު ކުރީ ތަންޑާއެވެ.