މިއަދު ބޭއްވި އެމްޑީޕީ ޕްރައިމަރީގައި، މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ގިނަ މެމްބަރުންތަކަކަށް ޕާޓީގެ ޓިކެޓު ލިބިއްޖެއެވެ.

މިއަދު އެމްޑީޕީގެ ޕްރައިމަރީ ބޭއްވީ 40 ދާއިރާއަކުންނެވެ. ދާއިރާތަކުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 25،325އަށް އަރައެވެ.

މި ޕްރައިމަރީއަށް 95 ރަށެއްގައި ވޯޓު ފޮށި ބެހެއްޓިއެވެ. އަދި މާލޭ ސަރަހައްދުގައި ގައި 27 ފޮށި ބެހެއްޓިއެވެ.

ޕްރައިމަރީގެ ކުރިން، އެންމެ ކެންޑިޑޭޓަކު ކުރިމަތިލި ދާއިރާތަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެފައިވާކަން އެ ޕާޓީންވަނީ ހާމަކޮށްފައެވެ. އެގޮތުން ފުރަތަމަ 36 މެންބަރެއްގެ އިއުލާންކޮށް ފަހުން 10 މެންބަރެއްގެ ނަން އިއުލާންކޮށްފައިވެއެވެ.

އެއާއެކު މިއަދުގެ ޕްރައިމަރީގައި މިހާރުގެ ގިނަ މެމްބަރުންތަކަކަށް ޓިކެޓުވަނީ ޔަގީންވެފައެވެ.

އެމްޑީޕީގެ ޓިކެޓު ކާމިޔާބުކުރެވުނު މިހާރުގެ ބައެއް މެމްބަރުން:

  • ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

  • ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެއް)
  • ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް
  • ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ ޝަފީގް
  • ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
  • އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު
  • ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން

ނާޝިޒަށް އެމްޑީޕީގެ ޓިކެޓު ކަށަވަރުކުރެއްވުނުއިރު، އޭނާގެ އަނބިކަނބަލުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، ފޭދޫ އުތުރު ދާއިރާއަށް ކުރިމަތިލައްވައިގެންވީ ނާކާމިޔާބެވެ.

އެމްޑީޕީ ޓިކެޓު ލިބުނު އަލީ ވަޙީދާއި، ނަޒްރާ ނަސީމް، އަދި ސަފާތު އަހްމަދު --

މީގެ އިތުރުން އެމްޑީޕީގެ ޓިކެޓު، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ވެސް ވަނީ ކާމިޔާބުކުރެއްވިފައެވެ. ހަމައެއާއެކު ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމަށާއި، ފޮރިން މިނިސްޓްރީގެ ކުރީގެ ތަރުޖަމާނު ސަފާތު އަހްމަދު ޒާހިރަށް ވެސް ވެސް ޕާޓީގެ ޓިކެޓު ލިބިފައިވެއެވެ.

އެންމެ ކެންޑިޑޭޓަކު ކުރިމަތިލި ދާއިރާތަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެފައިވާކަން ހާމަކޮށްފައެވެ. އެގޮތުން ފުރަތަމަ 36 މެންބަރެއްގެ އިއުލާންކޮށް ފަހުން 10 މެންބަރެއްގެ ނަން އިއުލާންކޮށްފައިވެއެވެ.