06 Feb 2024, 10:23
ތިން ގައުމަކަށް ސަފީރުން އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ތިން ބޭފުޅެއްގެ ނަންފުޅު ފޮނުވައިފައެވެ.
އެއީ،
މަސްއޫދު އިމާދު, މއ. ތުޅާގިރި - ސްރީލަންކާ
- ޑރ. މަރިޔަމް ޝަބީނާ އަހުމަދު، މ. ރުށްފުށި - މެލޭޝިއާ
- ގީލާ އަލީ، މ. ގީލާވިލާ - ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން
ތިން ގައުމުގެ ސަފީރުކަމަށް އައްޔަންކުރަން ފޮނުއްވި ތިން ބޭފުޅުންގެ ނަންފުޅުތައް މަޖިލީހުގެ ޚާރިޖީ ގުޅުންތަކައި ބެހޭ ކޮމިޓީއަށް ފޮނުވައި، ދިރާސާކުރަން ވަނީ ނިންމައިފައެވެ.
ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަންއަށް އައްޔަންކުރަން ފޮނުއްވި ގީލާއަކީ ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ ޕާމަނަންޓު ސެކެޓްރީކަން ކުރެއްވި ކަނބަލެކެވެ. އަދި، މިހާރު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ސެކެޓްރީ ޖެނެރަލްކަން ވެސް އޭނާ އަދާކުރެއްވިއެވެ.
ސްރީލަންކާއަށް އައްޔަނުކުރަން ފޮނުވި މަސްއޫދަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ރައީސް އޮފީހުގައި މީޑިއާ ސެކްރެޓަރީކަން ކުރެއްވި ބޭފުޅެކެވެ.