07 Feb 2024, 09:02
ބޮލީވުޑްގެ ބައެއް ފިލްމުތަކުން ފެނިފައިވާ ބަތަލާ އީޝާ ޑިއޯލްގެ ކައިވެނި ރޫޅިފައިވާކަމުގެ ޚަބަރުތައް ނޫސްތަކުން ފެންނަތާ ދުވަސްކޮޅެއްވެފައި ވަނިކޮށް މި ކައިވެނި ރޫޅިފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
އިންޑިއާގެ ދެއްލީ ޓައިމްސްއަށް ދިން ޖޮއިންޓް ސްޓޭޓްމެންޓެއްގައި އީޝާ އަދި ކުރީގެ ފިރިމީހާ ބާރަތު ބުނެފައިވަނީ، 12 އަހަރުވީ ކައިވެނި ރޫޅައިލަން ނިންމީ ދެ މީހުންގެ ވެސް ރުހުމާ އެކު ކަމަށެވެ. ދެ މީހުންގެ ކައިވެންޏަށް ދެ އަންހެން ކުދިން ލިބިފައިވާއިރު ކައިވެންޏަށް ނިމުން ގެނަޔަސް ދަރިންގެ ކަންކަމުގައި އެކަކު އަނެކަކަށް ފުރިހަމަ އެއްބާރުލުން ދޭން ނިންމާފައިވާކަމަށް އީޝާ ވަނީ ބުނެފައެވެ.
ބޮލީވުޑްގެ ކުރީގެ ފިލްމީ ތަރިން ކަމަށްވާ ހެމާ މާލިނީ އަދި ދަރުމެންދްރަގެ ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން އީޝާ އަކީ ދޮށީ ދަރިފުޅެވެ. އީޝާއާއި ކުރީގެ ފިރިމީހާ ބާރަތު ތަހްތާނީ ބައްދަލުވެފައިވަނީ ދެ މީހުންގެ ސްކޫލްގެ މެދުގައި ކުރިއަށްދިޔަ އިންޓަ ސްކޫލު ކުޅިވަރުގެ މުބާރާތެއްގެ ތެރެއިންނެވެ.
އީޝާއާއި ބާރަތުގެ ކައިވެނި ކުރެވުނީ ދެ މީހުންގެ ސްކޫލް ދައުރު ނިމުމަށް ފަހު އެކަކު އަނެކަކަށް ބައްދަލުނުވާތާ 10 އަހަރުވީ ފަހުންނެވެ.

އީޝާ ޑިއޯލް މަންމަ ހެމާ މާލިނީ، ބައްޕަ ދަރުމެންދްރަ އަދި ކޮއްކޮ އަހާނާ ޑިއޯލްއާ އެކު-- ފޮޓޯ/ އިންޓަނެޓް
ފިލްމު "ނަ ތުމް ޖާނޯ ނަ ހަމް"، "ކިޔާ ދިލް ނެ ކަހާ" އަދި "ދޫމް" ފަދަ ފިލްމުތަކުން ވިދާލި ބަތަލާއަށް ފިލްމީ ދާއިރާގައި މާ ބޮޑު މަޝްހޫރު ކަމެއް ނުލިބުނެވެ.
އެހެންވެ، ކައިވެންޏަށް ފަހު އީޝާ ފިލްމީ މަސައްކަތްތަކާ ދުރަށް ޖެހިލުމަށް ފަހު 2012 ވަނަ އަހަރު އެމްޓީވީއިން ގެނެސްދޭ ރިއަލިޓީ ޝޯ "ރޯޑީސް އެކްސް 2"ގެ 12 ވަނަ ސީޒަންއިން ފެނުނެވެ. މީގެ ދެ އަހަރު ކުރިން ޑިޒްނީ ހޮޓް ސްޓާގައި ރިލީޒްކުރި ވެބް ސީރީސް "ރުދްރާ"ގެ ބަތަލާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު އެމޭޒަން ޕްރައިމްގައި ރިލީޒްކުރި ވެބް ސީރީސްއަކުންނެވެ.