12 Feb 2024, 18:34
އުރީދޫއިން މާލޭގައި އާ އެކްސްޕީރިއެންސް ސެންޓަރެއް ހުޅުވައިފިއެވެ.
އެ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ސެންޓަރު ހުޅުވައިދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.
އުރީދޫއިން ބުނީ ފާމުދޭރި މަގުގައި ހުޅުވި އެ އެކްސްޕީރިއަންސް ސެންޓަރު ވާނީ މާލޭގައި ހުންނަ އުރީދޫގެ މައި އެކްސްޕީރިއަންސް ސެންޓަރަށް ކަމަށެވެ.

އުރީދޫގެ އެކްސްޕީރިއެންސް ސެންޓަރު ހުޅުވުން: އެ ސެންޓަރު ހުޅުއްވައިދެއްވީ މިނިސްޓަރު އާދަމް ޝަރީފް އުމަރު -- ފޮޓޯ/ އުރީދޫ
އެ ސެންޓަރު ފަރުމާކޮށްފައިވަނީ އުރީދޫގެ ޚިދުމަތްތައް ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ފޯރުކޮށްދެވޭނެ މާހައުލެއް ފަހިކޮށްދިނުމަށް ކަމަށް އުރީދޫއިން ބުންޏެވެ.
އެ ސެންޓަރު ހުޅުވައިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00އިން ހަވީރު 4:00އަށް އަދި ރޭގަނޑު 8:00އިން 10:00އަށް ކަމަށް އުރީދޫއިން ބުންޏެވެ.