ދިރާގުން އިންތިޒާމްކޮށްގެން ބާއްވާ އީސްޕޯޓްސް މުބާރާތް، އީއޭއެފްސީ 24 މިނީ ސީރީޒްއަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ދިރާގުން ބުނީއީއޭއެފްސީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 އިން 24 އަށް ދިރާގު ހެޑް އޮފީހުގައި ކަމަށެވެ.

މުބާރާތުގައި ބައިވެރިވާ ޓީމްތަކަށް އަގުހުރި އިނާމުތަކެއް ލިބޭނެއެވެ. އެގޮތުން:

• ޗެމްޕިއަންއަށް: 12،000 ރުފިޔާ
• ރަނަރަޕަށް: 8000 ރުފިޔާ
• ތިންވަނައަށް: 4000 ރުފިޔާ
• ހަތަރުވަނައަށް: 2000 ރުފިޔާ

މީގެ އިތުރުން، ފަސްވަނަ، ހަވަނަ، ހަތްވަނަ އަދި އަށްވަނައަށް ދާ ބައިވެރިންނަށް ވެސް ކޮންމެ ބައިވެރިއަކަށް 1،000 ރުފިޔާގެ ލިބޭނެއެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ބައިވެރިވާން ބޭނުންވާ މީހުންނަށް އެ ކަމަށް ހާއްސަ ކޮށްފައިވާވެބްސައިޓުމެދުވެރިކޮށް ބައިވެރިވެވޭނެއެވެ.

ދިރާގުން ބުނީ މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 15 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ. މުބާރާތުން ޖާގަ ހޯދަން ވީހާ ވެސް އަވަހަށް މުބާރާތުގައި ބައިވެރިވާން ވަނީ އެދިފައެވެ.

މިއީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ކުޅިވަރުތަކާ އެކު މުޅި އަހަރަށް ބަހާލައިގެން ދިރާގުން ކުރިއަށް ގެންދާ އީސްޕޯޓްސް މުބާރާތްތަކުގެ ބައެކެވެ.

މިދިޔަ މަހު ވެސް ދިރާގުން ވަނީ މީގެ އެންމެ ފުރަތަމަ މުބާރާތްކަމަށްވާ މޮބައިލް ލެޖެންޑްސް މިނީ ސީރީޒް އެކެއް ބާއްވައިފައެވެ. މި މުބާރާތަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.

މި މުބާރާތުގެ މަގުސަދަކީ ރާއްޖޭގެ އީސްޕޯޓްސް އިތުރަށް ތަރައްގީކޮށް، ކުރިއެރުވުމެވެ.