"ތިބާގެ ހިތް ސާފުކަމުގެ ނިޝާންތަކުގެ ތެރޭގައި ހަސަދަވެރިނުވުން، އެހެން މީހުންނަށް އެހީތެރިވުން، ގިނަގިނައިން ހިނިތުންވުން، މީހެއްގެ ހިތް ހަލާކުނުކުރުން، އެމީހުންގެ އުފަލަކީ ތިބާގެ އުފާކަމުގައި ވުން އަދި އެހެން މީހުންނަށް މަލާމާތްނުކުރުން ހިމެނެއެވެ."

***

"އެހާ ބާރަށްތަަ؟" ލަދުން މަރުވެފައި ހުރި މާޒިމް އަށް އަހާލެވުނީ ވަރަށް ހައިރާންކަމާއެކު އަމިއްލަ ނަފްސާ ނަމަވެސް ދުލުން އެ ބަސް ބޭރުވީ ބާރަށެވެ.

"ކައިރިން ގުގުރާލީހެން ހީވި...އެކަމަކު ވާރޭ ނުވެހޭ...." ކުޑަ ދޮރުން ބޭރު ބަލައިލުމަށްފަހު އުރުޖުވާން ގެ ނަޒަރު މާޒިމްގެ މޫނަށް ހުއްޓުނެވެ. އެމޫނު ފެނުމާއެކު އެއީ އަސްލު ގުގުރީގެ އަޑު ނޫންކަން އުރުޖުވާން ދެނެގަތެވެ. ލަދުވެތި ހިނިތުންވުމަކާއި އެކީ އަވަހަށް ފާހާނާ އަށް ވަދެލީ މާޒިމް އިތުރަށް ރަކި ނުކުރުމަށެވެ.

އުރުޖުވާން ތާޒާ ވެލައިގެން ނިކުތީ އަބާޔާ އަކާއިއެކީ ބުރުގާ އަޅައިގެންނެވެ. އަޅާ ކޮންމެ ފިޔަވަޅަކާއި އެކީގައިވެސް މާމަ ނެތްކަމުގެ އިހުސާސް ވިޔަސް އެ ކަމަށް ކެތްތެރިވުމަށް މަސައްކަތްކުރިއެވެ. މާމަ ވެސް އެދޭނީ ހަމަ އެގޮތް ކަމުގައި ވާތީއެވެ. ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ލިބިގަންނަން ޖެހޭނެ ކަމީ ހަގީގަތެވެ. ކާ ހިތެއް ނެތް ކަމުގައި ވިޔަސް ސުފުރާ ތައްޔާރުކޮށްފައި ހުރިލެއް ފުރިހަމަ ކަމުން އުރުޖުވާން ހައިރާންކުރުވިއެވެ. ކުރީން މާޒިމް ފެނުމުން ހިތަށް ވެރިވާ ބިރުވެރި ކަމުގެ އިހުސާސް ހިތުން ފިލައިފިއެވެ. މާޒިމްގެ އޯގާތެރިކަމާއި އަޅާލުން ފެނި ހިތާހިތުން ޝުކުރުކުރެވެއެވެ. މާމަގެ އެންމެ ފަހު އެދުމަކީ ވެސް މި ކައިވެނި ކުރުން ކަމުގައިވުމުން އެކަން ފުރިހަމަ ވީތީވެސް ހިތަށް ބަޔާން ނުކުރެވޭފަދަ އިހުސާސެއް ކުރެވުނެވެ. ދެރައީ އާ ހަޔާތެއް ފެށުނު ހިނދު އެހެން ހަޔާތެއްގެ ނިމުން އައުމުންނެވެ. ޚިޔާލުތަކަށް ގެއްލި ފެންކަޅިވެފައި ހުރި އުރުޖުވާން ސިއްސުވާލީ މާޒިމްގެ ފިޔަވަޅުތަކުގެ އަޑެވެ. އަވަހަށް ލޮލުން ފޭދުނު ކަރުނަ ފޮހެލެވުނެވެ.

" ހެވާ މީރުތަ؟..." މާޒިމް އައީ ކުރުބާއެއްގައި ހޮޅިއެއް ޖަހާލައިގެންނެވެ. އޭނަ އުރުޖުވާންގެ އަތަށް ކުރުބާ ދިނެވެ.

" ކިހިނެއް އެނގުނީ؟ " ހައިރާންވެފައި އުރުޖުވާން ސުވާލުކުރިއެވެ.

" މީރުތޯ އަހާލީ ނު....ހެހެހެ...މި ގެއިން ނެރޭ ޑަސްޓްބިން ގަ އަބަދުވެސް ކުރުނބާ ހުންނަ ތަން ފެނޭ....އެންޑް އައި ނޯ ސަބީބީ އަށް އެހާ މީރު އެއްޗެއް ނޫންކަން...." އުރުޖުވާންގެ މޫނަށް ވެރިވެފައިހުރި ހައިރާންކަން ފެނި މާޒިމްއަށް ކުޑަކޮށް ހެވުނެވެ. ހީލުމުން ފެންނަ ރީތި ހުދު މުތީތަކެއްފަދަ ވިދާ ދަތްޕިލައިން އެ މޫނަށް ވެރިކުރުވީ އިތުރު ފުރިހަމަކަމެކެވެ.

" ދިސް އިޒް ދަ ސެކަންޑް ޓައިމް...." ލަދުން އިސްޖަހާލައިގެން ހުރެ މަޑުމަޑުން އުރުޖުވާން އަށް ކިޔާލެވުނެވެ. އެއީ މާޒިމް ގެ ހުނުން އެފަދަ ގޮތެއްގައި ފެނުނު ދެވަނަ ފަހަރެވެ.

" އައި މީން... އެއްވެސް ގޮތަކަށް މިގެއިން ނެރޭ ކުނި އިންސްޕެކްޓް ކުރަނީ އެއް ނޫން އިނގޭ.... އަބަދުވެސް މިހެން ނިކުންނަ އިރު ފެންނާތީވެ...." މާޒިމް ގެ ހުނުން ހުއްޓި އަމިއްލަ ނަފްސު ދިފާޢު ކުރަން މަސައްކަތް ކުރެވުނީ އުރުޖުވާން އަށް ނުބައި އެއްޗެއް ހީވީ ކަމަށް ހިތާއެވެ.

" ކިހިނެއް....އެނގުނީ މާމަ ކުރުނބާ ލައިކް ނުވާ ކަން؟" މާޒިމް ރަކި ނުކޮށްލަން އަވަހަށް އަހާލިއެވެ. އަދި ސަބީހާ އާއި މާޒިމް އާއި އޮތް ގާތްކަން ވެސް އެނގެން ބޭނުންވާތީއެވެ.

" އެއީ ވަރަށް މަޖާ ވާހަކައެއް. ކުޑަ އިރު ނިންދަވާ ގަޑީގަ ސަބީބީ ކިޔައިދޭނެ ހާ ޗައިލްޑްހުޑް ސްޓޯރީސް. ބުނީ އެއްދުވަހު ކުރުނބާ ބޮއެ ނިމިގެން ހެވާ ކާން ބަލާލިއިރު އެތެރޭގަ ފަނި އަޅާފަ އޯ ހުރީ. އެ ދުވަސް ފަހުން ދުވަހަކު ކުރުނބާ ބޯހިތެއް ނުވެޔޯ. ފެނުނަސް މޭ ނުބައި ކުރާ ގޮތެކޯ ވަނީ........."ތަށްޓަކަށް ބަތް ސަމުސަލެއް އަޅަމުން ކިޔައިދިނީ ކުރީގެ ހަނދާންތަކުގައި ވި އުފާވެރި އިހުސާސާއެކީ އެވެ. ކުރިމަތީ އިން ގޮނޑީގައި އިށީނދެ އިން އުރުޖުވާން އަށް ވެސް ހަމަ އެ ވާހަކަ އެގޮތައް އަޑުއިވިފައި އޮތުމުން މާޒިމް އާއި ސަބީހާ ގުޅުމަކީ ހަގީގަތުގައިވެސް ގާތް ގުޅުމެއްކަން އެނގިގެންދިޔައެވެ.

"އާނ....އެހެންވެ އަބަދުވެސް މާމަ ބުނާނެ ތަށްޓަކަށް އަޅާފަ ބަލާފަ އޭ ކުރުނބާ ބޯން ވާނީ.....މާމަ ވަރަށް ޕެރެނޯޔާ ވާ ކަމެއް އެއީ...." ލުއި ހިނިތުންވުމެއްގައި ބުނެލެވުނަސް އުރުޖުވާންގެ ހިތުގައި ރިއްސިއެވެ. ކުރުނބާއިން އެތިކޮޅެއްގެ ރަހަ ބަލަން ތުންފަތް ހޮޅީގައި ނުޖެހެނީސް މާޒިމް އަވަހަށް އަތުލިއެވެ. އަދި ފޯނުގެ އަލި އަޅުވާލާފައި އޭގެ އެތެރެ ރަނގަޅު ތޯ ބަލައިލިއެވެ. މާޒިމްގެ ބެލުމުގެ ދަށުގައި އުރުޖުވާން ހުރިހައި ހިނދަކު އެއްވެސް ދެރައެއް ނުދީ ގެންގުޅުމަށް ހިތް އެދެމުން ދިޔައެވެ. ސަބީހާ ނެތުމުން އެ އަޒުމް ވަރުގަދަވިއެވެ.

މާޒިމްގެ ހަރަކާތްތައް ފެނި އުރުޖުވާން އަށް ކުޑަކޮށް ހެވުނު ނަމަވެސް ރޮވެން ފެށުނެވެ. މާމަވެސް ހަމަ އެގޮތައް އަލި އަޅުވާ ބަލަން އުޅޭ ހަނދާންތައް އާވެފައެވެ.

" ބިޓް ފަނީ ދޯ.....ކްރައިން އެންޑް ލާފިން އެޓް ދަ ސޭމް ޓައިމް....." އުރުޖުވާން އަށް ބުނެލެވުނެވެ.

" ނޫން. ޖަސްޓް ބިއުޓިފުލް.....މި..ބުނީ...އިޓްސް ނޯމަލް..." ހިތުގައި އޮތް ލަފުޒު ބޭރުވުމުން މާޒިމްގެ މޫނަށް ރަތް ޖަންބު ކުލަވެރިވިއެވެ.

ލަދުރަކި ކަމާއެކު އިސްޖަހާލެވުނު އުރުޖުވާންގެ ލޮލުގެ އެސްފިޔަތަކުގައި ހަރުލާފައިވާ ކަރުނަތައް އެ ބިއްލޫރިފަދަ އޮމާން ސާފު މޫނަށް އެޅުނުއިރު ލުއި ހިނިތުންވުމެއް މޫނަށް ވެރިވިއެވެ. ކާން ތިބިއިރު މޭޒަށް އެޅިފައިވީ މަޑު އޮރެންޖް އަލީގައި ބަދަލުކުރެވެމުން ދިޔަ ނަޒަރުތަކާއި ހިނތުންވުންތައް އެ މާހައުލަށް ވެރިކުރުވީ އިތުރު ފުރިހަމަ ކަމެކެވެ. ކައި ނިމުމުން ތަށިތައް ނަގަން އުރުޖުވާން އުޅުމުންވެސް މާޒިމް ދެކޮޅުހެދީ އުރުޖުވާން ބަލި ވާނެ ކަމަށް ބުނެއެވެ. މާޒިމް ނިމޭއިރެއްގެ އިންތިޒާރުގައި ސޯފާގައި ޖައްސާލުމުން އުރުޖުވާންގެ ލޯ މެރި ނިދީގެ އާލަމަށް ގެނބުނެވެ.

***

މީކާއިލްއާއި ޚުޝަލް ނަމާދުން ފޭބުމަށްފަހު ތައްޔާރުވާންފެށީ ލަންޑަނަށް ދިޔުމަށެވެ. ކޮލްޗެސްޓަ އިން ލަންޑަން ސިޓީއަށް ދާން ނަގާނީ ގަޑިއެއްހާއިރެވެ. ދާ މަގުމަތީން މެހެކް ވެސް އެމީހުންނާއި ބައިވެރިވާނެއެވެ. އެމީހުންގެ މަގުސަދަކީ ރާގީއަކާއި ބައްދަލުކޮށްލުމެވެ.

މީކާއީލް އާއި ދިމާވީއްސުރެން ކުރީން ދީނުގައި ނޭގޭ އެތައް ކަމަކަށް ހުޝަލްގެ ލޯހުޅުވިގެން ދިޔައެވެ. އެގޮތުން ތުނބުޅި ދިގު ކުރުމުގެ މުހިންމުކަންވެސް އެނގިގެންދިޔައެވެ.

" ބިއަޑް ލީމަ ވަރަށް ތަފާތު ދޯ؟" ލޯގަނޑު ކުރިމަތީ ހުރެފައި ޚުޝަލްއަށް އަހައިލެވުނެވެ. މިއަދަކީ މެހެކް އާއި ދިމާވާނެ ދުވަހެއް ކަމުން އޭނަ ހުރީ ކުޑަކޮށް ހާސްވެފައެވެ.

" ތުނބުޅި ނުލާ ތިބޭނީ އަންހެނުން.....ތުނބުޅި ލީމަ ތާ ފިރިހެނަކަށް ވާނީ...." މިކާއިލް ހީލާފައި ސަމާސާ ރާގަކަށް ބުނެލިއެވެ.

ރީތި އިސްކޮޅަކާއި އެއްވަރަށް ޚުޝަލްގެ ހަށިގަނޑުވެސް ހުންނަނީ ހެޔޮވަރު ވަރެއްގައެވެ. ލިބިފައިވާ ދޮން ކަމާއި މަޑު މުށި ކުލައިގެ ލޮލަކީ ނަބީލާގެ ހުރިހާ ދަރީންގެ ވެސް ހުންނަ ސިފައެކެވެ. އިސްތަށިގަނޑު ކަންފަތާއި ހަމަޔަށް ފޯރާވަރަށް ދިގު ކޮށްފައިވީއިރު ތުނބުޅި ލާފައިހުރުމުން ފިރހެންވަންތަކަން އިތުރުކޮށްދެއެވެ.

" ސުބްޙާނައްﷲ. ތިވަރު ނުކުރިޔަސް ހެވޭ. ހުޝަލް ގަޔަށް ޖަހާފައި ތިހިރަ ސެންޓުވަސް ރާއްޖެ އަށް ވެސް މިހާރު ފޯރާނެ..އަނގައިގަވެސް ރަހަ ލާވަރުވެއްޖެ....މެހެކް އަށް މައިގްރެއިން އެޓޭކް އެއް ނައިއްސިއްޔާ ރަނގަޅު...." މީކާއިލް ނޭފަތް ގުރުޑުކޮށްލިއެވެ. ހަގީގަތުގައިވެސް ސެންޓުގެ ވަސް ގަދައީއެވެ.

" ރިއަލީ؟މެހެކް މައިގްރެއިން ހުރޭތަ؟އެހެންވިއްޔާ އައި ވިލް ޗޭންޖް އަވަހަށް...." ކަންބޮޑުވެފައި ހުޝަލް އަށް ބުނެވުނެވެ. ލައިގެން ހުރި ހުދު ސްވެޓަރ ބާލަން އުޅެފައި މީކާއިލް ގެ މޫނަށް ބަލައިލިއެވެ. އެމޫނަށް ވެރިވެފައިވާ ކުލަވަރުން އޭނައާއި ދިމާކުރީކަން ދެނެގަތެވެ.

"ހިނގާ އަވަހަށް ދާން. ޔޯ ސިސްޓަރ ވިލް ބީ މޭޑް. މިހާރު ހުންނާނީ ވަރަށް ލަސްވެގެން ބަލައި ނައިސްގެން..." ފިނި ކޯޓު ގަޔަށް މަހާލަމުން ހުޝަލް ބުނެލިއެވެ.

" ހާދަ ހީނުވެޔޭ ތީ ދޮންތި ހެންނެއް. މިހާރުވެސް މިދެވެނީ މާ އަވަހަށް. އަންހެން ވެރީންގެ ގަޑި މަސައްކަތް ކުރާނީ ވަރަށް ތަފާތުކޮށް..........." މީކާއިލް ސަމާސާ ކުރަމުން ދިޔައީ މިވަގުތު ބަލައި ދާއިރުވެސް މެހެކް ހުންނާނީ ތައްޔާރުނުވެކަން ޔަގީންވާތީއެވެ. ކަން ދިމާކުރިގޮތުން ވީ ވެސް ހަމަ އެހެންނެވެ. ހަތަރު ވަރަކަށް ފަހު ބަރުގޮނު އަޅައި ދެތިން ފޯނު ކޯލަކުން ނޫނީ މެހެކް އަށް ކާރާ ހަމަޔަކަށް ނުފޯރުނެވެ. ކާރަށް އެރި ފުރަތަމަ ނޭވާގައިވެސް މެހެކް އައިސފާ ހުރި ރުޅި ބޭލިއެވެ.

" މީކާ.އަދި ގަޑި ނުވެސް ޖެހެއެއްނު. ރެޑީ ވެސް ނުވެވުނޭ ރަނގަޅަށް. އެހާ ގިނައިން ބަރުގޮނު އެޅީމަ ހާދަ ފޫއްސެއްވެޔޭ..." ކާރު ދުއްވަން ހުރީ ހުޝަލް ކަން ނޭނގި މެހެކް އަށް އެއްޗިހި ކިޔައިގަނެވުނެވެ.

" ގަޑި ނުޖެހި ކޮބާ؟ދޮންތި ބުނި ގަޑިޔަށް ހަމަ އައީވެސް....ޗެކް ޔޯ މެސެޖް. ދޮންތި ނިޤާބް ދަށުންވެސް މޭކް އަޕްކޮށްގެން ދޯ........" މީކާއީލް އިތުރަށް ސަމާސާ ކޮށްލިއެވެ.

" ނޮޓް މީ....މީކާ އަސްލު ބަރުގޮނު އެޅީ..." ހުޝަލްވެސް އަވަހަށް އަމިއްލަ ދިފާއުގައި ވާހަކަދެއްކިއެވެ.

"ހްމްމް...ދެން ވަޓްއެވަ...." މެހެކް ތުންފިތައިލިއެވެ. އިތުރު އެއްޗެއް ބުނަން ހިތަށް އެރި ނަމަވެސް އިތުރަށް ހުޝަލް ކުރިމަތީ ބޭޒާރުވެދާނެތީ މިކާއިލް ހިމޭންވިއެވެ. ހުޝަލް އާއި މީކާއިލް އަށް ހެވުނު ނަމަވެސް ހުނުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ.

***

މުސައްލަ މަތީ ދެ އަތް އުފުލައިގެން ހުރެ ދުޢާ ކުރި މަދީނާގެ ހިތަށް ލިބުނު ފިނިކަމާއި ލުއިކަމުން އިތުރަށް ރޮވެން ފެށުނެވެ. ދުވަހަކު މިކަހަލަ އިހުސާސެއް ތަޖުރިބާ ކުރެވިފައި ނުވުމުން ހިތް އުފަލުން ފުރުނެވެ. އެ އިލާހުގެ ހަޟްރަތުގައި ވުމަށް ހިތް އެދެވެމުން ދިޔައެވެ. ބޭކާރު ގޮތުގައި ހޭދަކުރެވުނު ދުވަސްތަކަށް އަމިއްލަ ނަފްސު ކުށްވެރިކުރެވެމުން ދިޔައެވެ. އެ މަންޒަރު ފެނުމުން އުފަލުގެ ކަރުނުން ކެނާންގެ ލޯވެސް ތެންމާލައިފިއެވެ.

މާތް ﷲ ގެ ހިދާޔަތް ލިބޭ ގޮތްތައް އެންމެނަށްވެސް ތަފާތެވެ. މިއަދު މި ދިމާވި ހާދިސާ އިން މަދީނާ އަށް އެ ލިބުނު ނިޢުމަތާއި މެދު ފިކުރުކުރެވުނެވެ. ކެނާން ޝުކުރު ގެ ސަޖިދައެއް ޖެހީ ހަގީގަތުގައިވެސް އެފަދަ ދުވަހަކަށް އެދެވިފައިވާތީއެވެ.

" ކުޑަބެ....އިޒް ދިސް ވަޓް އިޓް ފީލްސް ލައިކް ޓު ބީ ހެޕީ؟" ދުޢާ ކޮށް ނިންމާލާފައި މަދީނާ އަހައިލިއެވެ.

"ޔެސް. ޓްރޫ ހެޕިނެސް ލައިސް އިން ބީނގް ވިތް ޔޯ ލޯޑް...." ކެނާން އެއްބަސްވިއެވެ. ހަގީގީ އުފާ އަބަދުވެސް ވަނީ ﷲ ގެ ހަޟްރަތުގައެވެ.

" އިންޝާﷲ ދުވަހަކު ދެން ނަމާދު ދޫކޮށެށް ނުލާނަން....އެކަމަކު ކުޑަބެ.....އިންގްލިޝް އިން ދުޢާ ކުރީ....އެގޮތައް ކުރިޔަސް އޯކޭ ވާނެތަ؟" މަދީނާ އެންމެ ފަހު ސުވާލުކޮށްލީ ޖެހިލުންވެފައި ހުރެއެވެ.

" އޮފްކޯޒް. އެކަމަކު ނަމާދުގަ ކިޔާ އެއްޗިހި ދަސްކުރަންވާނެ...ކުޑަބެ ފޮނުވާނަން ޕީޑީއެފް އެއް.އެއްވެސް ކަމެއް ނޭގެންޏާ ކުޑަބެ ކައިރިން އަހާލާތި.އިންޝާﷲ އަބަދުވެސް ހެލްޕް ވާނަން....." ކެނާން ބޭނުންވީ މަދީނާއަށް އިތުރަށް ހިތްވަރު ދިނުމަށެވެ.

ނުނިމޭ