ބީއެމްއެލް ލުއި ލޯނާއި ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށް, 50،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލްއިން މިހާރު ފަށާފައިވާ އެ ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 10އާ ހަމައަށެވެ. އެ މުއްދަތުގައި ލޯނަށް އެދި، ހުއްދަ ލިބޭ ހުރިހާ އެޕްލިކޭޝަނެއް ވެސް ޕްރޮމޯޝަންގައި ބައިވެރިކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން ދޫކުރާ ލުއި ލޯނާއި އިސްލާމިކް ޕާސަނަލް ފައިނޭންސިން ވަގުތުން އެޕްރޫވްކޮށްދޭން ވަނީ ނިންމައިފައެވެ. މިއީ ރާއްޖޭގައި ލޯނާއި ފައިނޭންސް މިގޮތަށް އެޕްރޫވްކޮށްދޭ ފުރަތަމަ ފަހަރެވެ.

މި ބަދަލާއެކު، ޝަރުތުހަމަވާ ކަސްޓަމަރުންނަށް އިންޓަނެޓް އާއި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ލޯނާއި ފައިނޭންސިން ލިބޭ އަދަދު ފެންނާނެއެވެ. އަދި އޮންލައިންކޮށް ހުށަހަޅެމުން ލޯނު އެޕްރޫވްކޮށް، ހަތަރު ގަޑިއިރުތެރޭ އެކައުންޓަށް ފައިސާ ޖަމާކޮށްދޭނެއެވެ.

އެކަމާ ބެހޭ އިތުރު މައުލޫމާތު ބީއެމްއެލްގެވެބްސައިޓުންލިބެން ހުންނާނެއެވެ.