އއ. ތޮއްޑޫގެ ގެސްޓްހައުސްއެއްގައި ހިންގި މާރާމާރީއެއްގައި ބިދޭސީ މަސައްކަތްތެރިއަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ތޮއްޑޫގެ ވިލާ ސެންޓަރު ގެސްޓްހައުސްގައި މަރާމާރީއެއް ހިންގައިގެން އިއްޔެ 18:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވެފައިވަނީ 42 އަހަރުގެ ރަޝިއާ މީހަކަށެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި މީހާއަށް ތޮއްޑޫ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.