27 Feb 2024, 01:11
ޓެލެވިޒަން މޯލްޑިވްސްގެ ޑްރާމާތަކާއި ފިލްމުތަކުން ގިނަ ބަޔެއްގެ ލޯބި ހޯދި އިބްރާހީމް ޝާކިރު (ޝާކިރުބެ) ނިޔާވެއްޖެއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާކިރުބެ ނިޔާވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ 9:30ހާއިރެވެ.
އުމުރުން 85 އަހަރުގައި ނިޔާވި ޝާކިރުބެގެ ކަށުނަމާދު އޮންނާނީ ހުޅުމާލޭ ސަހަރާ މިސްކިތުގައި މެންދުރު ނަމާދަށް ފަހުގައެވެ.
ޓީވީ މޯލްޑިވްސްގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ޝާކިރުބެ، މަޝްހޫރު ކައްތިރި ޑްރާމާގެ މުހިންމު ރޯލަކުން ފެނުނެވެ. އޭގެ އިތުރުން ވެސް ޓީވީއެމުން އުފެއްދި ފިލްމުތަކާއި އަމިއްލަ އުފެއްދުންތަކުން ވެސް އޭނާ ފެނިފައިވެއެވެ.
ޝާކިރުބެ އިންޑިއާއަށް ދިރިއުޅުން ބަދަލުކުރައްވައި، ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހު މާލެ ވަޑައިގަތީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.