މ. ކޮޒީ ލޮޖްގެ ގުރައުންޑް ފުލޯގައި ހުރި ކައިޓިއަ ފިހާރައިގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެ ފިހާރައިން ދުން އަރާކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ރޭގެ މެންދަމު 03:28 އެހާކަންހާއިރެވެ. ހާދިސާގެ މައުލޫމާތު ލިބުމާ އެކު ސިފައިންގެ ފަޔާ އެންޑް ރެކިޔު ޓީމް (އެފްއާރުއެސް)އިން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެފްއާރުއެސްގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ދިޔައިރު ފިހާރާގައި ތަޅުލާފައި ހުރުމުން ފިހާރާގައި ބިއްލޫރިގަނޑު ތަޅާލުމަށްފަހު ރޯވެފައި ހުރި އަލިފާން އެއްކޮށް ނިންވާލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާން އެއްކޮށް ނިއްވާލެވުނީ ރޭ ފަތިހު 04:15 ހާއިރެވެ.

މި ހާދިސާގައި ފިހާރާގެ ބައެއް މުދަލަށް ގެއްލުންވެފައިވީ ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.