01 Mar 2024, 15:05
އީދު ނަމާދުގެ ޖަމާއަތް ފަށާގަޑި އަވަސްކުރަން މަޝްވަރާ ކުރާކަމަށް އިސްލާމިކް މިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މިއީ ވަރަށް ގިނައިން ދެކެވި ރައްޔިތުންގެ ޝަކުވާ ލިބޭ ކަމެއް ކަމަށެވެ. އެގޮތުން އީދު ނަމަދަކީ ބޮޑު ޖަމާއަތް ހަދައިގެން ކުރާ ނަމާދަކަށްވެފައި، ނިމޭއިރު އަވި އަރާފައި އޮންނަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ފ. ފީއަލީ ފުޓުބޯޅަ ދަނޑުގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދު. މި ޖަމާއަތުގައި ފީއަލީގެ ގިނަ ބަޔަކު ބައިވެރި ވެފައިވޭ --- ސަން ފޮޓޯ
އެހެންކަމުން ޝަކުވާތަކާ ގުޅިގެން އީދު ނަމަދުގެ ޖަމާއަތް ފަށާގަޑި އަވަސް ކުރުމުގެ މަޝްވަރަ ކުރަނީ ކަމަށް އޭނާ ވިދާޅުވިއެވެ. ޖަމާއަތް ފަށާނެ ވަގުތެއް ނިންމާނީ އިލްމުވެރިން ކަމަށް އޭނާ ވިދަޅުވިއެވެ.
މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ، މިކަމާ ގުޅިގެން މިނިސްޓްރީން ނިންމާ ގޮތެއް ރޯދައިގެ ކުރިން އިއުލާނު ކުރާނެ ކަމަށެވެ.
މިހާރު ޢީދު ނަމާދުގެ ޖަމާއަތް ފަށަނީ ހެނދުނު 7:30 ގައެވެ.
ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާއިރު އެ ވަގުތުގައި އަވި ބާރުވުމުގެ ސަބަބުން ދަތިތައް ކުރިމަތިވެއެވެ.