މާލޭ، މަޖީދީ މަގާއި ސޯސަންމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީ ކައިރީގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފިއެވެ.

އަލިފާން ރޯވެ އަނދަމުން ދަނީ އިބްރާހިމް މިސްކިތް ކުރިމަތީ ހުރި ހ.ސަންގުރޭޒްގެ ފުރަތަމަ ފަންގިފިލާގައެވެ. މަންޒަރުތައް ފެންނަ ގޮތުން ވަރަށް ބޮޑަށް އެ ސަރަހައްދުގައި އޮތީ ދުން ބޯވެފައެވެ.

މިހާރު އެ ސަރަަހައްދުގައި އެމްއެންޑީއެފްގެ ފަޔާ ރެސްކިއު ޓީމުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ހ.ސަންގުރޭޒްގެ ފުރަތަމަ ފަންގިފިލާގައި އަލިފާން ރޯވުން -- ފޮޓޯ/ މޫސާ ނަދީމް

މައުލޫމާތު ލިބޭ ގޮތުގައި ހާދިސާ ހިނގައިފައިވަނީ އިރުއޮއްސި 18:10 ހާއިރެވެ. އަލިފާންގަނޑު ކޮންޓްރޯލުކުރެވިފައިވަނީ 18:23 ހާއިރެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމަށް އަދި މައުލޫމާތު ލިބިފައެއް ނުވެެއެވެ.

މީގެ ކުރިން ވެސް މި ސަރަަހައްދުގައި ހިމެނޭ އަބަދަށްފެހި މަގުގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފައިވެއެވެ. އަދި އެ ހާދިސާގައި އެކަކު މަރު ވެސް ވެފައިވެއެވެ.