08 Mar 2024, 13:24
އަންހެނުންގެ ދުވަސް 2024: މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުން ހޯދާފައިވާ އިޖުތިމާއީ، އިގުތިސާދީ، ސަގާފީ އަދި ސިޔާސީ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް އިހުތިރާމުކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.
ޢާއިލާއާއި ރައްޓެހިންގެ ތެރޭގައި ވިޔަސް، މިއަދަކީ އެ ކަނބަލުންނަށް ޚާއްޞަކުރެވިފައިވާ ދުވަހެކެވެ.
އެހެންކަމުން ދުވަހުގެ ތަހުނިޔާ ކިޔާލައި ހެޔޮއެދުންތައް ރައްދުކޮށްލުމަކީ ކޮންމެހެން ވެސް ބޭނުންތެރިކަމެއްކަމުގައި ގިނަބަޔަކު ދެކެއެވެ. މިފަދަ ކަމަކަށް އެންމެ އެކަށީގެންވާ ޕްލެޓްފޯމަކީ ވަޓްސްއެޕްކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
ވަޓްސްއެޕް މެދުވެރިކޮށް ތަހުނިޔާ ކިޔުމާއި ކޯޓްތަކާއި ސްޓިކާތަކާއި ޖިފްތަކުން މަރުހަބާ ކިޔާލުމަކީ މާ ބޮޑު ކަމަކާނުލައި ގިނަ ވަގުތުތަކެއް ހޭދަނުކޮށް ކޮށްލެވިދާނެ އަގުހުރި ރަނގަޅު ކަމެކެވެ.
އަންހެނުންގެ ދުވަހުގެ ވަޓްސްއެޕް ސްޓިކާ ފޮނުވަން ބޭނުންނަމަ ތިރީގައިވާ ސިމްޕަލް މެތަޑް އިޚްތިޔާރު ކުރައްވާށެވެ.
ސްޓެޕް 1: ވަޓްސްއެޕް ސްޓިކާ ފޮނުވުމަށްޓަކައި އެންމެ ފުރަތަމަ ޑައުންލޯޑް ކުރަން ޖެހެނީ ވަޓްސްއެޕް ސްޓިކާ ދޭ އެޕްލިކޭޝަންތަކެވެ. އެކަން ކުރުމަށް އެންޑްރޮއިޑް ފޯނެއް ބޭނުންކުރާނަމަ ގޫގުލްގެ ޕްލޭ ސްޓޯރަށް އަދި އައިފޯނެއް އޮތްނަމަ އެޕަލްގެ އެޕް ސްޓޯރަށް ދާށެވެ.
ސްޓެޕް 2: މިހާރު ސާޗް ބާގައި "ވިމެންސް ޑޭ ވަޓްސްއެޕް ސްޓިކާ" ޖަހާލުމަށް ފަހު އަންނަ، އެޕްލިކޭޝަންތަކުން ކޮންމެ ވެސް އެޕްލިކޭޝަނެއް އިންސްޓޯލް ކޮށްލާށެވެ. އެންޑްރޮއިޑްގައި ނަމަ "ވިމެންސް ޑޭބްލެސިން ސްޓިކާ" އަދި އައިއޯއެސްގައި ނަމަ "ވިމެންސްޑޭ ޖިފް އަދި ސްޓިކާ" އިންސްޓޯލް ކޮށްލެވިދާނެއެވެ.
ސްޓެޕް 3: އިންސްޓޯލް ކުރުމަށް ފަހު އެޕްލިކޭޝަން ހުޅުވާލާށެވެ. އަންހެނުންގެ ދުވަހުގެ އެންމެ ފޭވަރިޓް ސްޓިކާ ޕެކްތައް ބަލައި، އޭގެ ކައިރީގައި ހުރި + އައިކަންއަށް ޓެޕްކޮށް، ވަޓްސްއެޕަށް އެޑްކޮށްލާށެވެ.
ސްޓެޕް 4: މި ސްޓިކާތައް ވަޓްސްއެޕަށް އެޅުމަށްފަހު އަންހެނުންގެ ދުވަހުގެ ސްޓިކާ ފޮނުވަން ބޭނުންވާ ޗެޓަށް ދާށެވެ.
ސްޓެޕް 5: ސްޓިކާ އައިކަންއަށް ޓެޕްކޮށްލުމަށް ފަހު އަލަށް އިތުރުކުރި އަންހެނުންގެ ދުވަހުގެ ސްޓިކާ ޕެކްގައި ޓެޕްކޮށްލާށެވެ.
ސްޓެޕް 6: ފޮނުވަން ބޭނުންވާ ސްޓިކާ ނަގާށެވެ. ދެން ފޮނުވައިލާށެވެ.