09 Mar 2024, 12:20
ދިވެހިބަހުގެ އެކެޑަމީގެ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށް އެ މުބާރާތްތަކުގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް ރޭ އިނާމު ހަވާލުކޮށްފިއެވެ.
އެ މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް ބޭއްވި މި ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމާއި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމާއި ބަހުގެ އެކެޑަމީގެ ވެރިންނާއި ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅުން ބައިވެރިވަޑައިގަތެވެ.
އެކެޑަމީން ބޭއްވި އަދަބީ މުބާރާތްތަކުގެ ތެރޭގައި ވާހަކަދެއްކުމާއި ކުރު ވާހަކަ ލިޔުމާއި ޅެން ހެދުމާއި މަޒުމޫނު ލިޔުމުގެ މުބާރާތް ހިމެނެއެވެ.
އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބޭއްވި ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތު ފައިނަލް ބަހުސްގައި އޮފީސް/ކުލަބު/ޖަމްއިއްޔާ/ޖަމާއަތްތަކުގެ ބައިން އެއްވަނަ ހޯދީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުންނެވެ. މި މުބާރާތުގެ ދަށު ސާނަވީ ގިންތިއާއި ސާނަވީ ގިންތިން އެއްވަނަ ސްކޫލަކަށް ޖަމާލުއްދީން ސުކޫލް ހޮވުނުއިރު މަތީ ސާނަވީ ގިންތިން އެއްވަނަ ސްކޫލްގެ މަގާމު ހާސިލްކުރީ ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަންއެވެ.
މީގެ އިތުރުން ފާހަގަކޮށްލެވޭ ވަނަތަކުގެ ތެރޭގައި:
ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތް 2024
ދަށު ސާނަވީ ގިންތިން އެއްވަނަ ދަރިވަރު
ސަކީނާ އީޝާ އަޝްރަފް، ރެހެންދި ސްކޫލް
ސާނަވީ ގިންތިން އެއްވަނަ ދަރިވަރު
ފާޠިމަތު ސާރާ ނަޛީރު، ޖަމާލުއްދީން ސްކޫލް

ދިވެހި ބަހުގެ އެކެޑަމީގެ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތް 2024ގެ ސާނަވީ ގިންތިން އެއްވަނަ ދަރިވަރު ފާޠިމަތު ސާރާ ނަޛީރު -- ސަން ފޮޓޯ/ މޫސާ ނަދީމް
މަތީ ސާނަވީ ގިންތިން އެއްވަނަ ދަރިވަރު
މުޙަންނަދު މަބާޙް މުޙައްމަދު، އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ
ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތް 2023
ދަށު ސާނަވީ ގިންތިން އެއްވަނަ ސްކޫލް
ހއ. އަތޮޅު މަދަރުސާ (ހއ. ހޯރަފުށި)
ސާނަވީ ގިންތިން އެއްވަނަ ސްކޫލް
ޖަމާލުއްދީން ސްކޫލް
މަތީ ސާނަވީ ގިންތިން އެއްވަނަ ސްކޫލް
އަޙްމަދިއްޔާ އިންޓަނެޝަނަލް ސްކޫލް
ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތް 2023
އަމިއްލަ ފަރާތްތަކުގެ ބައިން، 18އަހަރުން މަތީގެ އުމުރުފުރައިން އެއްވަނަ ފަރާތް
މަރްޔަމް ޒަލްޚާ ޒާހިރު، ހއ. ކެލާ، ބަށިމާގެ
ދަށު ސާނަވީ ގިންތިން އެއްވަނަ ދަރިވަރު
ފާޠިމަތު ޔަޝްމީ ފާއިޒް، ފުނަދޫ ސްކޫލް (ށ. ފުނަދޫ)
ސާނަވީ ގިންތިން އެއްވަނަ ދަރިވަރު
ޒަމްޢަތު ބިންތު ޢަލީ، އިހަވަންދޫ ސްކޫލް (ހއ. އިހަވަންދޫ)
މަތީ ސާނަވީ ގިންތިން އެއްވަނަ ދަރިވަރު
ރަމްޝާ ޢަބްދުއްރައްޒާޤް، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (މާލޭ ސިޓީ)

ދިވެހި ބަހުގެ އެކެޑަމީގެ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ މުބާރާތްތަކުގައި އެކި އުމުރުފުރާތަކުންނާއި ސްކޫލްތަކުގެ ތެރެއިން ވެސް ވަނަތައް ހޮވާފައިވޭ -- ސަން ފޮޓޯ/ މޫސާ ނަދީމް
ޅެންހެދުމުގެ ޤައުމީ މުބާރާތް 2023
ދަށު ސާނަވީ ގިންތިން އެއްވަނަ ސްކޫލް
ހއ. އަތޮޅު މަދަރުސާ
ސާނަވީ ގިންތިން އެއްވަނަ ސްކޫލް
ޖަމާލުއްދީން ސްކޫލް
މަތީ ސާނަވީ ގިންތިން އެއްވަނަ ސްކޫލް
ސެންޓަ ފޯ ހަޔަ ސެކަންޑަރީ އެޑިޔުކޭޝަން
ޅެންހެދުމުގެ ޤައުމީ މުބާރާތް 2023
އަމިއްލަ ފަރާތްތަކުގެ ބައިން، 18އަހަރުން މަތީގެ އުމުރުފުރައިން އެެއްވަނަ ފަރާތް
ޢަބްދުﷲ ޛައިދު، އާކާސް، ތ.ހިރިލަންދޫ
ދަށު ސާނަވީ ގިންތިން އެއްވަނަ ދަރިވަރު
ޢާއިޝަތު ދީމާ އާދަމް ނަޞީރު، އަމީނިއްޔާ ސްކޫލު
ސާނަވީ ގިންތިން އެއްވަނަދަރިވަރު
ޙައްވާ ޒާއިން ޒަމީލް، ޖަމާލުއްދީން ސްކޫލް
މަތީ ސާނަވީ ގިންތިން އެއްވަނަދަރިވަރު
ޖުމާނާ ޙަމީދު ޢަލީ، ހއ. އިހަވަންދޫ ސްކޫލް
މަޒުމޫނު ލިޔުމުގެ 38 ވަނަ ޤައުމީ މުބާރާތް 2023
ދަށު ސާނަވީ ގިންތިން އެއްވަނަ ސްކޫލު
ޖަމާލުއްދީން ސްކޫލް
ސާނަވީ ގިންތިން އެއްވަނަ ސްކޫލް
ޖަމާލުއްދީން ސްކޫލް
މަތީ ސާނަވީ ގިންތިން އެއްވަނަ ސްކޫލް
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
މަޒުމޫނު ލިޔުމުގެ 38 ވަނަ ޤައުމީ މުބާރާތް 2023
ދަށު ސާނަވީ ގިންތިން އެއްވަނަ ދަރިވަރު
އާމިނަތު އައިޝްކާ ބިންތި ޙަނީފް، ޖަމާލުއްދީން ސްކޫލް
ސާނަވީ ގިންތިން އެއްވަނަ ދަރިވަރު
ފާޠިމަތު ސާރާ ނަޛީރު، ޖަމާލުއްދީން ސްކޫލް
މަތީ ސާނަވީ ގިންތިން އެއްވަނަ ދަރިވަރު
މަރްޔަމް މާޙީ އަޙްމަދު ޢައްބާސް، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް (ކ.މާލެ)