ގަވާއިދާ ޚިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ ވިޔަފާރި ފުޅާކޮށް ކުރަމުން ދަނިކޮށް ހައްޔަރުކުރި ހަތް ބިދޭސީން ޑީޕޯޓުކުރަން ނިންމައިފައިވާކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

އެ ބިދޭސީންނާމެދު އަމަލުކުރާނެ ގޮތް ހާމަކުރައްވައި ކުރެއްވި އެކްސް ޕޯސްޓެއްގައި ޝަމްއާން ވިދާޅުވީ އެ ބިދޭސީން ޑިޕޯޓުކުރާނީ ދެން ދުވަހަކު ވެސް ރާއްޖެ ނާދެވޭ ގޮތަށް ކަމަށެވެ.

މިކަމާ ގުޅިގެން އިއްޔެ އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ، ގަވާއިދާ ޚިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންނަށް އަމާޒުކޮށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ޚާއްސަ އޮޕަރޭޝަނެއް އިމިގްރޭޝަނުން މި މަހުގެ ނުވަވަނަ ދުވަހު ހިންގައިފައި ވާކަމަށެވެ.

އެގޮތުން މ. ސްޓާކްލައުޑްސް އިމާރާތުގައި ހުންނަ ބޭންކު އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ކައިރީގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީނ،ް
ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމަށް ހަރަކާތްތެރިވާކަން އިމިގްރޭޝަނަށް ފާހަގަކުރެވ،ި އެ މީހުން ދެނެގަތުމަށް ޚާއްސަ ހަރަކާތްތަކެއް ހިންގާފައި ވާކަމަށް އެ ބަޔާނުގައިވެއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ އިމިގްރޭޝަންގެ ރިސްކު އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން ގުޅިގެން ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައިވާ ގޮތުން މި އޮޕަރޭޝަންގައި ޖުމްލަ ހަތް ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މީގެތެރޭގައ،ި ސައްހަ ވީސާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއ،ި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ހިމެނޭ ކަމަށް ބަޔާނުގައިވެއެވެ.

މި ސަރުކާރުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލާ ފާސްކުރުމުގެ ގިނަ އޮޕަރޭޝަންތަކެއް ވަނީ ހިންގާފައެވެ.