އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން މިއަދު ހުޅުވާލައިފިއެވެ.

އެސްޓީއޯއިން މިއަދުކުރި އިއުލާނެއްގައި ބުނީ، އެ ކުުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައި ވާގޮތުގެމަތީނ،ް އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރ،ު ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރު އަދި ސަރުކާރު ނުވަތަ މައި ހިއްސާ ދާރުގެ ފަރާތުން ހަ ޑިރެކްޓަރުން އިންތިހާބު ކުރާ ކަމަށެވެ.

މި ގޮތުން އެސްޓީއޯ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީ ވެސ،ް ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަށް ބާރުއަޅާކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި އެ ކުންފުނީ ގެ ބޯޑަށް ވީހާ ވެސް ގިނަ އަންހެން ބޭފުޅުން ޝައުގުވެރިކަން ފާޅުކުރެއްވުމާއ،ި އިންތިހާބުގައި ވާދަކުރުމަކީ ކުންފުނިން ބާރުއަޅާ ކަމަށް ވެސް ބުނެފައިވެއެވެ.

އެސްޓީއޯގެ އާންމު ހިއްސާ ދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތައް އެ ކުންފުނީގެއިއުލާނުގައިވަނީ ހިމަނާފައެވެ.

އެ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" އަދި އެ ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށް ފަހު، އަށެއް، އޭޕްރީލް 2024ވާ ހޯ މަ ދުވަހުގެ 14:00 ގެ ކުރިން[email protected]އަށް އީމެއިލްކުރުމަށް ވަނީ ބުނެފައެވެ.

އެސްޓީއޯ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ
ފޯމު، އެ ކުންފުނީގެވެބްސައިޓުންޑައުންލޯޑްކުރެވެން ހުންނާނެއެވެ.

އެސްޓީއޯގެ އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.