22 Mar 2024, 20:15
މި އަހަރުގެ ޖޫން މަހު ޖަރުމަނުވިލާތުގައި ފެށުމަށް ހަމަޖެހިފައިވާ ޔުއޭފާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް މިހާރު ކުޅެވެމުންދާ ޕްލޭ އޮފްގެ ފައިނަލުން ޔޫކްރެއިނާއި އައިސްލަންޑް ޖާގަ ހޯދައިފިއެވެ.
ޔޫރޯ ޕްލޭ އޮފްގެ ފައިނަލުން ޔޫކްރެއިން ޖާގަ ހޯދައިފައިވަނީ ސެމީ ފައިނަލްގައި ބޮސްނިއާއާ ބައްދަލުކުރި މެޗު އެންމެ ފަހު ވަގުތު ކާމިޔާބު ކުރި ދެ ލަނޑާއެކު، 2 ލަނޑު އެއް ލަނޑުންނެވެ.
މި މެޗުގެ ފުރަތަަަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔަބު ކުރެވިފައެއް ނުވެއެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފާވަނީ ބޮސްނިއާއިންނެވެ.
ނަމަވެސް މި ލަނޑަކީ ޔޫކްރެއިންގެ މައިކޯލާ މަޓްވިޔެންކޯ ގައިގާ ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. މި ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް ޔޫކްރެއިނަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 85ވަނަ މިނެޓުގައި ރޯމަން ޔަރެމްކުޗް ޖަހައިދިން ލަނޑުންނެވެ. އަދި މިލަނޑު ޖެހިތާ ތިން މިނެޓު ފަހުން ޔޫކްރެއިން މޮޅުވި ލަނޑު އެ ޓީމަށް ޖަހައިދިނީ އާޓެމް ޑޮވްބީކްއެވެ.
މިކާމިޔާބީއާއެކު ޔޫކްރެއިނަށް ފައިނަލްސްގެ ޖާގައެއް ކަށަވަރުވެފައިވާއިރު ފައިނަލްސްގައި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ އައިސްލަންޑް އާއެވެ.
މި މުބާރާތުގެ ފައިނަލްސްއިން އައިސްލަންޑް ޖާގަ ހޯދީ ސެމީފައިނަލްގައި އިސްރާއީލްއާ ބައްދަލުކުރި މެޗު ފަހަތުން އަރައި ހަަތަރު ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްގެންނެވެ.
ޔޫކްރެއިން އާއި އައިސްލަންޑް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ޔޫރޯ ޕްލޭ އޮފް ފައިނަލްސްގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޕޯލަންޑްގައެވެ.