މި އަހަރުގެ ޖޫން މަހު ޖަރުމަނުވިލާތުގައި ފެށުމަށް ހަމަޖެހިފައިވާ ޔުއޭފާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް މިހާރު ކުޅެވެމުންދާ ޕްލޭ އޮފްގެ ފައިނަލުން ޖޯޖިއާއާއި ގްރީސް ޖާގަ ހޯދައިފިއެވެ.

ޕްލޭ އޮފް ފައިނަލްސް އިން ޖޯޖިއާ ޖާގަހޯދީ ސެމީފައިނަލްގަައި ލަގްޒެމްބޯގްއާއި ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޖޯޖިއާއިންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ޖޯޖިއާއިން ނަގާފައިވަނީ މެޗުގެ 40 ވަނަ މިނެޓުގައި ބޫޑޫ ޒިވްޒިވާޑްޒޭ ޖަހާދިން ލަނޑުންނެވެ. މި މެޗުގެ 53 ވަނަ މިނެޓުގައި ލަގްޒެމްބޯގްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނު ކަމަށް ހީވި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެ ލަނޑު ބަލައިނުގަނެ އޭގެ 45 ސިކުންތު ކުރިން އެ ޓީމުގެ މެކްސީމް ޗާނޮޓު ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ރަތްކާޑު ދެއްކިއެވެ.

މި މެޗުގައި ޖޯޖިއާގެ ދެވަނަ ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ފުރަތަމަ ލަނޑު ޖަހައިދިން ޒިވްޒިވާޑްޒޭ އެވެ.

މި ކާމިޔާބީއާއެކު ފައިނަލްސްގެ ޖާގައެއް ކަށަވަރު ކުރިއިރު އެމެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރީސްއާއެވެ. ގްރީސްއިން މި ޖާގަ ކަށަވަރު ކޮށްފައިވަނީ ކަޒަކިސްތާން އާއި ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު ފަސް ލަނޑު ސުންލަނޑުން ކާމިޔާބުކޮށްފައިވަނީ ގްރީސްއިންނެވެ.