މި ރަމަޟާންމަހު އުމްރާގެ އަޅުކަން އަދައިކުރުމަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައިދިޔަ ދިވެހީން ފުރަތަމަ ފަހަރަށް ހައި ސްޕީޑު ޓްރެއިންގައި މައްކާއިން މަދީނާއަށް ދަތުރުކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މިއަދު އެކްސްގައި ވިދާޅުވީ މީގެ ކުރިން އުމްރާވެރިން މައްކާއާއި މަދީނާއާ ދެމެދު ދަތުރުކުރަމުން އައީ ބަހުގައި ހަތް ހަޑިއިރުން ކަމަށެވެ.

އެ ތަކުލީފު ބޮޑު ދަތުރު، ނިމުމަކަށް ގެނެސް، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ރަމަޟާންމަހު އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ފަރާތްތަކުން ފުރަތަމަ ފަހަރަށް ހައިސްޕީޑް ޓްރެއިންގައި އެ ދަތުރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މައްކާއިން މަދީނާއަށް މީގެ ކުރިން ހަތް ގަޑިއިރުން ކުރާ ދަތުރު، ހައި ސްޕީޑު ޓްރެއިންގައި ދެ ގަޑިއިރުން ކުރެވޭ ކަމަށް ޝަކީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ގޮތަށް ހަމަޖެހިގެން ދިޔައީ އުމްރާގެ އަޅުކަން އަދައިކުރުމުގައި ދިވެހީންނަށް ވީހާ ވެސް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި އިރުޝާދުގެ ދަށުން ކަމަށެވެ.

ހައްޖާއި އުމްރާއަށްދާ ދިވެހީންނަށް ފަސޭހަ ގޮތްތަކެއް ސަރުކާރުން ދަނީ ހަމަޖައްސައިދެމުންނެވެ. \

އެ ގޮތުން ހައްޖާއި އުމްރާވެރިން ރާއްޖެއަށް ގެންނަން ބޭނުންވާ ތަކެތި ސަޢޫދީ އަރަބިއްޔާގެ ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނައުމުގެ އިންތިޒާމު ވެސް ވަނީ މި މަހުގެ ކުރީކޮޅު ހަމަޖައްސާފައެވެ.