އައިކެއާ އޮޕްޓިކަލްސްއިން ފިތުރު އީދަށް ޚާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

މި ޕުރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އޭޕްރީލް 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މިގޮތުން މި ޕުރޮމޯޝަން ފުވައްމުލަށް އަދި އައްޑޫސިޓީ ހިމެނޭހެން އައިކެއާގެ ހުރިހާ ފިހާރައެއްގައި ކުރިއަށް ގެންދާނެ ކަމަށް އައިކެއާ އިން ބުންޏެވެ.

ފިތުރު އީދަށް ޚާއްސަ ކޮށްގެން އައިކެއާއިން ކުރިއަށް މިގެންދާ ޚާއްސަ ސޭލުގައި އަވި އައިނު ގަންނަ ކޮންމެ ކަސްޓަމަރަކަށް 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އައިކެއާއިން މައުލޫމާތު ދެއެވެ.

ޕުރޮމޯޝަނާ ގުޅޭގޮތުން އިތުރު ތަފްސީލެއް ބޭނުންނަމަ އައިކެއާގެ ހޮޓްލައިން 3321026 ނަމްބަރާ ގުޅުމުން މައުލޫމާތު ލިބޭނެ ކަމަށް އައިކެއާއިން ބުންޏެވެ.