ތ. ވިލުފުށި ކައިރީ އޮންނަ ފަޅު ރަށަކަށް ދަތުރުގޮސް އުޅުނު ކުއްޖަކު މިއަދު ގެނބިގެން ނިޔާވެއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ ފަޅު ރަށަކަށް ދަތުރު ގޮސް އުޅުން ކުއްޖަކު ގެނބިގެން ވިލުފުށި ހޮސްޕިޓަލަށް ގެންދާ ކަމަށް މިއަދު 12:45 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިގޮތުން ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށެވެ. ފުލުހުން ބުނީ މި ހާދިސާގައި ނިޔާވީ 17 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މޫދަށް ގެނބިގެން ކުދިން ނިޔާވާ ހާދިސާތައް މަދުން ނަމަވެސް ދިމާވެއެވެ.