އައްޑޫ ސިޓީގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ މާރާމާރީ ހިންގާފައި ވަނީ ހުޅުމީދޫގައި ދެ މީހެއްގެ މެދުގައި ކަމަށާއި އެ ކަމުގެ މައުލޫމާތު ލިބުނީ ރޭ 20:30ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެ މާރާމާރީގައި އަނިޔާވީ 21 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އައްޑޫ ސިޓީގައި މިދިޔަ އަހަރުގެ ފަހުކޮޅު މާރާމާރީތައް އިތުރުވުމުގެ ސަބަބުން ފުލުހުން ޚާއްޞަ އޮޕަރޭޝަންތައް ހިންގައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރިއެވެ.