12 Apr 2024, 17:29
އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި ނިއުއޯލިއަންސް ޕެލިކަންސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރި މެޗު ޕެލިކަންސް ކާމިޔާބު ކޮށްފިއެވެ.
ސެކްރެމެންޓޯގެ އޯލްޑެން ވަން ސެންޓާގައި ކުޅުނު މި މެޗު ޕެލިކަންސް ކާމިޔާބު ކޮށްފައިވަނީ 135 ޕޮއިންޓް 123 ޕޮއިންޓުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޕެލިކަންސްގެ ސިޖޭ މެކްކޮލަމްވަނީ 31 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ ހަތް އެސިސްޓްވެފައެވެ.
އަދި ކިންގްސްއަށް މި މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ އަށް އެސިސްޓް ދިން ޑިއާރޮން ފޮކްސްއެވެ.
މި މުބާރާތުގައި ނިއުޔޯކް ނިކްސް އަތުންވަނީ ބޮސްޓަން ސެލްޓިކްސް ބަލިވެފައެވެ. މި މެޗު ނިކްސް ކާމިޔާބު ކޮށްފައިވަނީ 118 ޕޮއިންޓް 109 ޕޮއިންޓުންނެވެ. މި މެޗުގައި ނިކްސްގެ ޖަލެން ބްރުންސަންވަނީ 39 ޕޮއިންޓް ހޯދައިދީ ދެ ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދީފައެވެ.
އަދި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 18 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ދިން ޖޭސަން ޓެޓުމްއެވެ.