ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަސެކްރެޓަރީގެ މަގާމް އަދާކޮށްފައިވާ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިއަދު ނިޔާވެއްޖެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯރަ އިއްބެ ނިޔާވީ މިއަދު ކުއްލި ގޮތަކަށް ބަލިވެގެން އައިޖީއެމްއެޗަށް ގެންދިޔަ ފަހުންނެވެ.

ހޯރަ އިއްބެއަކީ އެމްޑީޕީ އުފެދި، ސިޔާސީ ޖަލްސާތައް ބާއްވަމުން ދިޔައިރު އެ ޖަލްސާތައް ތައާރަފުކުރުން ފަދަ ކަންކަން ކުރަމުން އައި، މޮޅު ވާހަކަދެއްކުންތެރިއެކެވެ.

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި އޭނާ ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.